ރާއްޖޭގެ ހަތް ރަށެެެއްގެ ބަނދަރުހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސަޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއި ހަވާލު ކޮށްފިއެވެ.
ސަރުކާރާއެކު މިއަދު ވެވުނު އެެެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކޮށްފައިވަނީ ޑިރެކްޓަރ އޮފް ޕްލޭނިންގ ގެ ފާތިމަތު ޝަނާ ފާރޫޤްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކޮށްފައިވަނީ ސީއީއޯ، ޝާހިދު ހުސެން މޫސާއެވެ.
މިއެއްބަސްވުމުގެ ދަށުން އދ. މަންދޫ ބަނދަރު ޑިޒައިން ކޮށް ތަރައްގީ ކުރުމަށް 37,358,709 ރުފިޔާ ހަރާދުވާނެއެވެ. ދ. ހުޅުދެލި ބަނދަރު އިތުރަށް ތަރައްގީ ކުރުމަށް 39,829,878.87 ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭއިރު ފ. ދަރަނބޫދޫ ބަނދަރު ތަރައްގީ ކުރުމަށް 38,296,692.30 ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ.
މީގެ އިތުރުން ނ.ލަންދޫ ބަނދަރު ޑިޒައިން ކުރުމަށާއި ތަރައްގީ ކުރުމަށް 35,603,963.70 ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވެއެވެ. އިތުރަށް ތަރައްގީ ކުރާ އެހެން ރަށްތަކުގެ ބަނދަރުތައް ތެރޭގައި ރ. ރަސްމާދޫ ބަނދަރާއި، ށ. ބިލެއްފަހި ބަނދަރާއި ށ.ޅައިމަނގު ބަނދަރު ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!