ހޯރަފުށިން އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކުރި ބަޔަކު ރޭ ހައްޔަރުކޮށްފި

03A0CF8D-C68B-4A58-84B3-263798FF4BF4

ހއ. ހޯރަފުށިން، ހއ. އިހަވަންދޫއަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކުމަށް މަސައްކަތް ކުރި ބަޔަކު ހޯދުމަށް ފުލުހުން ރޭ ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކަށް ފަހު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިސަލް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ހއ. އިހަވަންދޫ އަށް މަސްތުވާތަކެތި އެތެރެކޮށް ވިއްކާކަމުގެ މައުލޫމާތެއް ފުލުހުންގެ އިންޓެލިޖެންސް އަށް ލިބުމާ ގުޅިގެން ފުލުހުން 9 ޑިސެމްބަރ ދުވަހުގެރޭ އިހަވަންދޫގައި ހިންގި އޮޕަރޭޝަނެއްގައި ހއ. ހޯރަފުށިން އައި ޑިންގީއަކުން ފޭބި 3 މީހުން ހުއްޓުވައި ބަލައި ފާސްކުރިއިރު އޭގެތެރެއިން އެކެއްގެ އަތުން މަސްތުވާތަކެތި ކަމަށް ބެލެވޭ 1 ރަބަރު ހޮޅިކޮޅު ފެނިވައިވާކަމަށެވެ. އަދި އެމީހުން އައި ޑިންގީ އިން އިތުރު 5 ރަބަރު ހޮޅިކޮޅު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލާގައިހައްޔަރުކޮށްފައި ވަނީ  23 އަހަރުގެ ދިވެހި 2 ފިރިހެނުންނާއި 33 އަހަރުގެ ދިވެހި ފިރިހެނެކެވެ. ފުލުހުން މައުލޫމާތު ދެއްވާގޮތުގައި މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި