ސައުތު އޭޝިއަން ގޭމްސްއިން ލިބުނު ފަހުރުވެރި ކާމިޔާބީއަށް ފަހު އެމްއެންޑީއެފް ގެ ސާޖެންޓް ހަސަން ސާއިދު ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

މިއަދު ހެދުނު ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުން ސާއިދު އަށް މަރުހަބާ ދެއްނެވީ މިނިސްޓަރ އޮފް ޑިފެންސްފޯސް މާރިޔާ ދީދި ގެ އިތުރުން ޗީފް އޮފް ޑިފެންސްފޯސް އަބްދު ﷲ ސަމާލްއެވެ.

Ad
rt

ސާއިދު ރާއްޖެއަށް މި ހޯދައިދިން ތާރީހީ މެޑަލް އަކީ ސާއިދު އާއި މެދު މުޅި ރާއްޖެ ފަހުރުވެރިވާ ފަދަ މެޑަލް އަކަށް ވާއިރު އެމްއެންޑީ އެފް އިން ވެސް ވަނީ އެކަން ފާހަގަ ކުރައްވާ ޓްވީޓް ކުރައްވާފައެވެ.

”ދިވެހިރާއްޖޭގެ ސުޕާރމޭން“ގެ ނަމުން ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ސާއިދުއަށް ތައުރީފުގެ ބަސްތައް އޮއްސަމުންދާއިރު ރަން މެޑެއްޔާ އެކު ސާއިދު ވެފައިވަނީ ދުނިޔޭގެ އާބާދީގެ 22 ޕަސެންޓް ހިއްސާކުރާ އަދި ދުނިޔޭގެ އެންމެ އާބާދީ ބޮޑު ސަބް ކޮންޓިނެންޓް ކަމަށްވާ 1.7 ބިލިއަން މީހުން ނިސްބަތްވާ ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާއަށެވެ.

މި ފަހަރުގެ ގޭމްސް އިން ސާއިދު ރަން މެޑަލް ހޯދީ 10.49 ސިކުންތުން ދުވެގެންނެވެ.