ފާއިތުވި 2021-2022 ވަނަ އަހަރު ކުމުންދޫ ސްކޫލުން ހުރިހާ ގޮތަކުން އެންމެ މޮޅު ދަރިވަރަކަށް މުޙައްމަދު އިފްހާމު އިބްރާހީމް ހޮވިއްޖެއެވެ.
ކުމުންދޫ ސްކޫލުގެ 2021-2022 ވަނަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވާފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރެއެވެ. އެ ޖަލްސާ ޝަރަފްވެރި ކޮށްދެއްވާފައި ވަނީ ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލު ޕްރިންސިޕަލް ސަޢީދު އަޙްމަދެވެ.
ވޭތުވެދިޔަ ދިރާސީ އަހަރުގެ ކުމުންދޫ ސްކޫލުގެ އެންމެ މޮޅު ދަރިވަރަށް ހޮވުނު އިފްހާމު ވަނީ ޘާނަވީ މަރުހަލާ ނިންމާ އިމްތިޙާނުތަކުން ޤައުމީ ފެންވަރުގައި ޓޮޕް އެޗީވާރސް އެވޯޑު ޙާސިލް ކޮށްފައެވެ. އަދި ޓޮޕް އެޗީވާރސް ސްކޫލް ލެވެލް އެވޯޑްވެސް އިފްހާމަށް ވަނީ ލިބިފައެވެ. މީގެއިތުރުން ދިވެހި މާއްދާއިން ހަޔަރ ޑިސްޓިންކޝަންއާއި، އިސްލާމް، އިނގިރޭސި، އެކައުންޓިންގ، ކެމިސްޓްރީ އަދި ބަޔޮލޮޖީ އިން ޑިސްޓިންކްޝަންވަނީ ހާސިލްކޮށްފައެވެ.
މީގެއިތުރުން އެ ޖަލްސާގައި ވަނީ ވޭތުވެދިޔަ ދިރާސީ އަހަރު ކުމުންދޫ ސްކޫލުން އެކިއެކި ވަނަތައް ޙާޞިލްކުރި ދަރިވަރުންނަށް ޓްރޮފީ އާއި އިނާމު ހަވާލުކޮށްފައެވެ.

އިތުރު ވަނަތައް
ޖެނެރަލް ޕްރޮފިޝެންސީ ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ގްރޭޑް 9 ގެ ދަރިވަރު ޢާއިޝަތު ރާޔާ މުހައްމަދު އާއި ގްރޭޑް 10 ގެ ދަރިވަރު މުހައްމަދު އިފްހާމް އިބްރާހީމް ހިމެނެއެވެ.
ސަބްޖެކްޓް ޕްރައިޒް (ޤުރްއާން، އިސްލާމް، އިނގިރޭސި، ހިސާބު، ބަޔޮލޮޖީ، ކޮމްޕިޔުޓަރ ސައެންސް) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފާޠިމަތު ލައިޝާ ނާޡިމް އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު އާއިޝަތު ރާޔާ މުހައްމަދު އާއި، ސަބްޖެކްޓް ޕްރައިޒް (ޤުރްއާން) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު މުޙައްމަދު އިފްހާމް އިބްރާހީމް އަދި ސަބްޖެކްޓް ޕްރައިޒް (އިސްލާމް، ދިވެހި، އިނގިރޭސި) ހާސިލްކޮށްފައިވަނީ ގްރޭޑް 10 ގެ ދަރިވަރު ނަދާ އިސްހާގެވެ.
ކްލާސް ޕްރޮގްރެސް ޕްރައިޒް ލިބުނު ދަރިވަރުން ތެރޭގައި ހިމެނެނީ ގްރޭޑް 9 ގެ ދަރިވަރު މުހައްމަދު ޒައިން އިބްރާހީމެވެ. ކްލާސް ޕްރައިޒް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި މުޙައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10 އަދި ފާތިމަތު ލައިޝާ ނާޒިމް ގްރޭޑް 9 ހިމެނެއެވެ.
ގްރޭޑް 9 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ތެރޭގައި ފާތިމަތު ލައިޝާ ނާޒިމް، އާއިޝަތު ރާޔާ މުހައްމަދު، މުހައްމަދު ޒައިން އިބްރާހީމް، އާލިމް އާދަމް، ހައްވާ އުމައިޝާ އިބްރާހީމް ހިމެނިފައިވެއެވެ.
ސާނަވީ މަރުހަލާ ނިންމާ އިމްތިހާނުން ސްކޫލް ފެންވަރުގައި އެންމެ މޮޅު ދަރިވަރުންގެ ތެރޭގައި މުހައްމަދު އިފްހާމް އިބްރާހީމް ގްރޭޑް 10، ނަދާ އިސްހާޤް ގްރޭޑް 10، ފާތިމަތު ހައިފާ ޔޫނުސް ގްރޭޑް 10، އާމިނަތު ސުމާ ޢަލީ ގްރޭޑް 10، މައިހާ މުހައްމަދު ގްރޭޑް 10 ހިމެނެއެވެ.
ގްރޭޑް 8 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފައިވާ 5 ދަރިވަރުންގެ ގޮތުގައި އަޝްފާ އަސްލަމް، އާމިނަތު ލަމްސާ، ޢަބްދުﷲ އަޛީން އަހުމަދު، ފާތިމަތު ނަޠީމާ ނާޡިމް، ހުސާން މުހައްމަދު ހިމެނިފައިވެއެވެ.
އޮނަލިސްޓެޑް އެވޯޑް ހާސިލްކޮށްފައިވަނީ ގްރޭޑް 9 ގެ ދަރިވަރު ފާތިމަތު ލައިޝާ ނާޒިމެވެ. ގްރޭޑް 7 ން އެންމެ ރަނގަޅު ނަތީޖާ ހާސިލް ކޮށްފާވާ 5 ދަރިވަރުންގެ ތެރޭގައި ހުނޭފާ އަބްދުﷲ، ފާތިމަތު އީނާޝް މުޝައްޔިރު، މަރްޔަމް މިޝްޤާ އަހުމަދު، މިރާޝާ، ފުރުޝާން ހުސައިން ހިމެނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!