ހދ.ކުމުންދޫއާއި އެ އަތޮޅު ކުޅުދުއްފުއްޓާއި ދެމެދު ދަތުރު ކުރާ ފެރީ ދޯނި ކުމުންދޫ ނެރު މައްޗަށް އުރިއްޖެއެވެ.

"ކުރަނގި 2" ނަމަކަށް ކިޔާ މި ފެރީދޯނި ކުމުންދޫ ނެރުމައްޗަށް އުރި މި ހާދިސާ ހިނގާފައި ވަނީ މިއަދު މެންދުރު 12:30 ހާއިރުއެވެ. މި މި ހާދިސާގައި މި ދޯނިން ދަތުރުކުރި ބައެއް މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، ދޯނޯގައި ހުރި ބައެއް މުދާގެއްލި ދޯންޏައް ވެސް ވަނީ ގެއްލުންވެފައެވެ.

Ad
rt

މި ހާދިސާއާއި ގުޅޭގޮތުން މި ނޫހަށް މަޢުލޫމާތު ދެއްވަމުން ކުމުންދޫ ކައުންސިލުގެ ރައީސް އަމީން މުޙައްމަދު ވިދާޅުވެފައި ވަނީ ކުޅުދުއްފުށިން ކުމުންދޫއަށް ދަތުރުކުރި ފެރީ ދޯނި މިއަދު މެންދުރު އެ ރަށު ނެރުމައްޗަށް އަރާފައިވާ ކަމަށާއި، އެ ހާދިސާ ހިނގިއިރު ދޯނީގައި ފަނަރަވަރަކަށް މީހުން ތިބިކަމަށާއި އޭގެތެރެއިން ހަތަރު ވަރަކަށް މީހުންނަށް ތަންތަން މަށައިގެންދިޔުން ފަދަ އަނިޔާތަށް ވެފައިވާކަމަށާއި އަދި ދޯނީގައި ހުރި ބައެއް މުދާ ވެސް އެ ސަރަހައްދަށް ގެއްލިފައިވާ ކަމަށެވެ.

އަމީން އިތުރަށް ވިދާޅުވެފައި ވަނީ އެ ރަށު ނެރު މަރާމާތު ކުރުމަސް މިހާރު ވަނީ އެމްޓީސީސީއާއި ހަވާލުކޮށްފައި ކަމަށާއި އެ މަސައްކަތުގެ ތެރެއިން ނެރުމަގު މިހާރު ވަނީ ފުންކޮށްފައި ކަމަށެވެ. ނަމަވެސް ނެރުގެ ބޭރު ބްރޭކްވޯޓާނުޖެއްސި އޮތުމާއި ނެރުމަތީ ޖައްސަންޖެހޭ ބޮޑުހިލަ ވެސް އަދި ނުޖެއްސި އޮތުމަކީ މިފަދަ ހާދިސާތައް މިވަގުތު ހިނގަން މެދުވެރިވާ ސަބަބެއް ކަމަށެވެ.

ގިނަ ބައެއްގެ އެހީތެރިކަމާއިއެކު މިހާރު ވަނީ އެ ދޯނި ފުންކޮށްފައެވެ.