އުއްމީދަކީ ''ވިއަވަތި ރާއްޖެ'' ކޮންފަރެންސް ކުޅުދުއްފުށި ސިޓީގައި ބޭއްވުންކަމަށް މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާޢީ ވިދާޅުވެއްޖެއެވެ.
ރާޢީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުގައި އެ ކޮންފަރެންސް ކުރިން ބާއްވަން ނިންމާފައި އޮތީ ކުޅުދުއްފުށީ ސިޓީގައެވެ.
އެހެންކަމުން ކުރިން ވެސް ނިންމާފައި އޮތްގޮތައް އެ ކޮންފަރެންސް އެ ސިޓީގައި ބޭއްވިގެން ދިޔުމަކީ އޭނާގެ އުއްމީދެއްކަމަށް ރައީސް އޮފީހާއި، ރައީސް އޮފީހުގެ ތަރުޖަމާނާއި އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ޓެގް ކުރައްވާފައިވާ އެ ޓްވީޓްގައި ވިދާޅުވެފަވެއެވެ.
ރާޢީ މިހެން ވިދާޅުވެފައި ވަނީ، ހަތަރު ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސް ހދ. ހަނިމާދޫގައި ބާއްވަން ނިންމާފައިވާކަމަށް އަޑުތައް ފެތުރިފައި ވަނިކޮށެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސަކީ، ސީދާ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒުކޮށް ހިންގުން ހަރުދަނާކޮށް، ފާއިތުވި އަހަރުގެ ތަޖުރިބާގެ އަލީގައި، މި ނިޒާމް ހަރުދަނާކުރުމަށް، ސަރުކާރުގެ ވަޒީރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސްވެރިންނާއި، ދެކުނުގެ އަތޮޅުތަކުގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އިތުރުން، ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި، ކަމާއިގުޅޭ އެކި ދާއިރާތަކުގެ ފަންނީ ބޭފުޅުން ހިމެނޭގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!