ދަތުރުކުރަމުންދިޔަ ބޯޓެއްގައި އަލިފާން ރޯވެ، އެ ބޯޓުން ދަތުރުކުރި އެކަކު ގެއްލިއްޖެއެވެ.
ގައުމީ ދިފާޢީ ބާރުން ވިދާޅުވީ އަލިފާން ރޯވީ މ. އަތޮޅު ތުވަރު ކައިރިން ދަތުރުކުރަމުން ދިޔަ "އާގަލާ" ކިޔާާ މާލެ ދަތުރު ކުރާ ބޯޓެއްގައި ކަމަށެވެ.
އަލިފާން ރޯވުމާއެކު އެ ދޯނީގައި ތިބި މީހުން ވަނީ ކަނޑަށް ފުންމާލާފައި ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވެސް އެ އިދާރާއިން ވިދާޅުވިއެވެ.
އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ 02:47 ހާއިރު ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
''އެ ބޯޓުގައި ތިބީ 5 ދިވެހިންނާއި ބަންގްލަދޭޝް 5 މީހުންނާއި އިންޑިއާ 5 މީހުން ކަމަށް މިހާތަނަށް މައުލޫމާތު ލިބެނީ'' އެމްއެންޑީއެފުން ވިދާޅުވިއެވެ.
އޭގެތެރެއިން މިހައިތަނަށް ނުފެނި ވަނީ އިންޑިއާ މީހެއް ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މިހާދިސާގައި ސަލާމަތް ކުރެވުނު 14 މީހުން މިހާރު ވަނީ ފުލުހުންގެ އެހީތެރިކަމާއެކު މ. މުލީ ހޮސްޕިޓަލަށް ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!