ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫއިން ދޫކުރުމަށް ހަމަޖެހިފައިވާ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށަހެޅުމުގެ ފުރުޞަތު އެ ރަށު ކައުންސިލުން ހުޅުވާލައިފިއެވެ.

މިކަމާއި ގުޅެގެން އެ ކައުންސިލުން ވިދާޅުވެފައި ވަނީ އެ ރަށުން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް، އެ ކައުންސިލުން ހަދާފައިވާ އުސޫލާއި އެއްގޮތަށް ލޭންޑްޔޫސް ޕްލޭން ފާސްވުމާއެކު، ގޯތި ދޫކުރުމަށް އެ ކައުންސިލުން ތައްޔާރު ވަމުން އަންނަ ކަމަށެވެ.

Ad
rt

މިފަހަރު ނައިވާދޫއިން ގެވަޅު ދޫކުރުމަށް ހަމަޖެހިފައި ވަނީ މިހާރު ގޯތި ދޫކުރަމުންދާ ސަރަހައްދުން ފެށިގެން ދަނޑުބިމާ ހަމައަށެވެ. ދޫކުރުމަށް ހަމަޖެހިފައިވާ ގެވަޅުތަކުގެ ބޮޑުމިނަކީ 2048 (ދެހާސްއަށާޅިސް) އަކަފޫޓެވެ.

ގެވަޅަށް އެދި ހުށަހަޅާ ފޯމް ދޫކުރުން މިއަދުން ފެށިގެން މާޗް މަހުގެ 30 ގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާއިރު، ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މާޗް މަހުގެ އެއްވަނަ ދުވަހުން ފެށިގެން އޭޕްރިލް ހަވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމް ރަސްމީ ގަޑިތަކުގައި އެ ކައުންސިލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ކަމާއި ގުޅިގެން ނައިވާދޫ ކައުންސިލުން ގެޒެޓް ކޮށްފައިވާ އިޢުލާނުގައި ވެސް ފޯމްގެ ސޮފްޓް ކޮޕީއެއް ވަނީ ހިމަނާފައެވެ. ފޯމް ފުރިހަމަ ކުރުމަށް ފަހު ރަސްމީ ގަޑީގައި ނައިވާދޫ ކައުންސިލަށް ހުށަހެޅުއްވުމަށް އެ ކައުންސިލުން އެދިލައްވައެވެ.

ގޯއްޗަށް އެދޭ ފޯމް: https://storage.googleapis.com/gazette.gov.mv/docs/iulaan/119041.pdf

އުސޫލް: https://storage.googleapis.com/gazette.gov.mv/docs/iulaan/119042.pdf

ޗާޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/119043.pdf

ޗެކްލިސްޓް: https://storage.googleapis.com/gazette.gov.mv/docs/iulaan/119045.pdf