ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި، ގެފުޅުގެ ބައްޓަމަށް ބިނާކުރާ "ދަ މުބާކް" ސްކައިސްކްރޭޕަރސް ދައްކާލައިފި އެވެ.
ސައުދީ ސަރުކާރުން ހިންގުމަށް ނިންމާފައިވާ މިމަޝްރޫޢު އިފްތިތާހްކޮށްދެއްވީ، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އެވެ. މި ބިޔަ ސްކައިސްކްރޭޕަރސްގެ ފުޅާމިން އަދި ދިގުމިނުގައި 400 މީޓަރު އަދި އުސް މިނުގައިވެސް 400 މީޓަރު ހުންނާނެ އެވެ.
މިއިމާރާތަކީ އަލަށް އުފެއްދި ނިއު މުރައްބާ ޑިވެލޮޕްމަންޓް ކޮމްޕެނީ އިން މުރައްބާ ޑިސްޓްރިކްޓްގައި ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. ސައުދީގެ ވެރިރަށް ރިޔާދުގެ މެދުތެރެއިން 19 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި މި ޕްރޮޖެކްޓް ހިންގުމަށް ނިންމާފައިވާއިރު މިއީ ދުނިޔޭގައިވެސް އިމާރާތްކުރާ މިފަދަ އެންމެ ބޮޑު އިމާރާތަށް ވެގެން ދާނެއެވެ.
20 އެމްޕަޔަރ ސްޓޭޓް ބިލްޑިންގްސް މި އިމާރާތުގެ ތެރޭގައި ބެހެއްޓޭ ވަރުގެ ބޮޑު ގިގާ ޕްރޮޖެކްޓަކީ ސައުދީ އިނޮވޭޝަން ދައްކުވައިދޭ އާ ގްލޯބަލް އައިކޮންއަކަށް ވާނެ ކަމަށް އެގައުމުން އުންމީދު ކުރެއެވެ.

އެ އިމާރާތުގެ މެދުގައި ސްޕައިލިން ޓަވަރެއް ހުންނާނެ އެވެ. ސޮޕިން މޯލްތަކާއި ސަގާފީ އަދި ފަތުރުވެރިންގެ ޝައުގުވެރިކަން ހުންނަ ތަންތަން ހިމެނޭއިރު 100،000 އަށް ވުރެ ގިނަ ރެޒިޑެންޝަލް ޔުނިޓާއި 9،000 ހޮޓެލް ރޫމްގެ އިތުރުން އޮފީސް ތަކަށްވެސް ޖާގަ ދޫކުރާނެއެވެ.
މީގެ އިތުރުން، މުނިފޫހިފިލުވުމާއި ސަގާފީ ކަންކަން ދައްކުވައިދޭ 80 ތަނާއި ޓެކްނޮލޮޖީ އެންޑް ޑިޒައިން ޔުނިވާސިޓީ އާއި މަލްޓިޕާޕަސް އިމަރސިވް ތިއޭޓަރާއި “އައިކޮނިކް” މިއުޒިއަމެއް ވެސް ހިމެނޭނެ އެވެ.
މުޅި މަޝްރޫއު ނިންމުމަށް ހަމަޖެހިފައިވަނީ 2030 ވަނަ އަހަރުގެ ނިޔަލަށެވެ.
Saudi Arabia has announced its newest gigantic megaproject: New Murabba.
The idea? Build the largest "modern downtown" in the world, an entire 19 sq km (1/2 the size of Jersey City) to be developed onto Riyadh.
But you might be wondering: what is that giant cube in the center? pic.twitter.com/TlEJATN0Cd
— Séamus Malekafzali (@Seamus_Malek) February 16, 2023
މިމަޝްރޫއުގެ ސަބަބުން ސައުދީގެ އިގްތިސާދަށް 48 ބިލިއަން ޑޮލަރު ލިބިގެންދާނެކަމަށް ލަފާކުރާއިރު 334،000 ވަޒީފާ އިތުރަށް އުފެދިގެން ދާނެކަމަށް އަންދާޒާ ކުރެއެވެ.
ގެފުޅުގެ ބައްޓަމަށް "ދަ މުބާކް" ސްކައިސްކްރޭޕަރސް ބިނާކުރާތީ ބައެއް ފަރާތްތަކުން އަންނަނީ ނުރުހުން ފާޅުކޮށް އަޑު އުފުލަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!