އީ-ޓުކުރިން، ކުޑަކުދިންނަށް ހާއްސަކޮށް ކުރެހުމުގެ މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެއެވެ.
މިއީ ކުޑަކުދިންގެ ހުނަރު ތަރައްގީކޮށް، އެ ކުދިންނަށް ހިތްފަސޭހަ މާހައުލެއްގައި ކުރެހުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވާ މުބާރާތެކެވެ. އެގޮތުން މުބާރާތް އޮންނަ ދުވަހު، މުބާރާތް އޮންނަ ތަނަށް ގޮސް ކުރަހަން ބޭނުންވާ ހުރިހާ ކުދިންނަށް އެ ފުރުސަތު ދޭ ގޮތަށް ވަނީ ހަމަޖައްސައިފައެވެ.
މި މުބާރާތް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ހަވީރު 4-6 އަށެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައި ވަނީ ހުޅުމާލެ ރުއްގަނޑު-1 ސަރަހައްދުގައެވެ.
މުބާރާތުގައި ކުރެހުމާއި ޕެއިންޓިން ހިމެނޭނެއެވެ. އަދި އެންމެ މޮޅު ތިން ކުރެހުމެއް ހޮވައި އެ ތިން ކުރެހުމުގެ ތެރެއިން ކޮންމެ ކުރެހުމަކަށް ވެސް 500ރ. ގެ ގިފްޓް ވައުޗަރެއް ލިބޭނެއެވެ.
އީ-ޓުކުރި އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި އޮންލައިން ވިޔަފާރިތައް ކުރެވޭ ގޮތަށް ހަދާފައިވާ އީކޮމާސް ޕްލެޓްފޯމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!