އެހީ ޖަމިއްޔާގެ "އެދިހަ" ވެބްސައިޓް އާންމުންނަށް ހުޅުވާލައިފިއެވެ.
އެހީ ޖަމިއްޔާ އިން ކޮށްފައިވާ ޓްވީޓެއްގައި ބުނީ މިއީ ޖަވާބު ޑޮޓްއެމްވީ އާއި ގުޅިގެން ވަރަށް ގިނަދުވަހުން ކޮށްފައިވާ މަސައްކަތެއް ކަމަށެވެ.
"އެދިހަ" އާ ގުޅޭ މައުލޫމާތު ހިއްސާކޮށްފައިވާ ޓްވީޓުގައިވާ ވީޑިއޯގައި ބުނެފައިވަނީ ކޮންމެމީހަކީވެސް އެހެން މީހެއްގެ އެހީތެރިކަމަށް ބޭނުންޖެހިދާނެ މީހެއް ކަމަށާއި ބޮޑު ބައްޔެއް ޖެހި ބޭސްފަރުވާ ވެސް ކުރަންޖެހިދާނެ ކަމަށެވެ.
މީގެ އިތުރުން ބިލުތައް ބޮޑުވެ، ދަރަނިވެރި ވެދާނެ ކަމަށާއި ނޫނޫ ތައުލީމު ފުރިހަމަ ކުރުމަށްޓަކައި މާލީ އެހީތެރިކަން ވެސް ބޭނުންވެދާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިފަދަ ކޮންމެ ހާލަތެއްގައި ވެސް އެކަކު އަނެކަކަށް ވެވެންއޮތް މިންވަރަކުން އެހީވުމަކީ އިސްލާމް ދީނުގައި ނުހަނި ބާރު އަޅުއްވާފައިވާ ކަމެއް ކަމަށެވެ. އެކަމަކު ހިތާމައަކީ މުޖުތަމައުގެ ބައެއް ފަރާތްތަކުން މިކަންކަމުގެ ނާޒާއިޒު ފައިދާ ނަގާ މަކަރާއި ހީލަތުން ފައިސާ ހޯދަން ކަމަށް ވެސް ބުނެފައި ވެއެވެ.
އެ ވީޑިއޯގައި އިތުރަށް ބުނީ "އެދިހަ" އަކީ މިކަމަށް ޒަމާނީ ހައްލެއް ގެނައުމަށް އެހީ ޖަމިއްޔާ އާއި ޖަވާބު ގުޅިގެން ތައްޔާރުކުރި ވެބްސައިޓެއް ކަމަށެވެ.
الحمد لله.
ވަރަށް ގިނަ ދުވަހުގެ މަސައްކަތާއި އެކު ޖަވާބު @javaabumv ކުންފުންޏާއި ގުޅިގެން މިވަނީ "އެދިހަ" ވެބްސައިޓް އާންމުންނަށް ހުޅުވާލެވިފައި.
.
ވެބްސްއިޓަށް ވަދެ ބައްލަވާލައްވާ.
.https://t.co/QTc9iuVXDp pic.twitter.com/NuncJYARqu— EHEE (@EHEEOfficial) February 10, 2023
"އެދިހަ ވެބްސައިޓަށް ވަދެ، ރަޖިސްޓަރ ކޮށްލުމަށްފަހު އެހީތެރިކަމަށް ބޭނުންވާ ކަމަަކަށް ކެމްޕެއިން ކުރެވިދާނެ. ދެން އެދިހަ ޓީމުން އެ ކެމްޕެއިނުގެ ސައްހަކަން ކަށަވަރުކުރުމަށްފަހު އާންމުންނަށް އެހީވުމަށް ހުޅުވާލާނެ." ވީޑިއޯގައި ބުނެފައި ވެއެވެ.
ހަމަމިއާއެކު ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއެކު ފައިސާގެ އެހީ ވެވިދާނެ ކަމަށާއި އެހީގެ ގޮތުގައި އެއްކުރެވޭ ފައިސާ ހަރަދުކުރި ގޮތުގެ ތަފްސީލު އަދާހަމަކުރެވުނު މައުލޫމާތު ވެބްސައިޓު މެދުވެރިކޮށް ހާމަކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.
އެދިހަ ވެބްސައިޓް: www.edhiha.mv
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!