ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ދޫނުކުރާ ވާހަކައަކީ އެ ޕާޓީން ދައްކާފައިވާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށް ތައުލީމާއި ބެހޭ ވަޒީރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު ބާއްވަން ސްކޫލްތައް ހޯދަން އެދުމުން އެޑިއުކޭޝަނުން އެންމެ ސްކޫލެއް ވެސް އެޕާޓީއަށް ދޫކޮށްފައިވާ ނުވާ ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ކުރައްވާފައިވާ ޓްވީޓަކަށް ރައްދު ދެއްވާ ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ތޮލާލުގެ އެ ޓްވީޓުގައި މިއަދު މިފެންނަނީ އެމްޑީޕީގެ ޕްރައިމަރީގައި ރާއްޖޭގެ ހުރިހައި ސްކޫލެއްވެސް ބޭނުންކުރަމުން ދާތަން ކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

މި ޓްވީޓަށް ރައްދު ދެއްވައި، ވަޒީރުގެ ޓްވީޓުގައި ވަނީ ސިޔާސީ ޕާޓީތަކުގެ ޕްރައިމަރީ، ސެނެޓް، ޖެނެރަލް މީޓީންގ ތައް އަދި ކޮންގްރެސް ބާއްވަން ސްކޫލުތައް ހުރިހާ ސިޔާސީ ޕާޓީތަކަށް ވެސް ދޫކުރާ ކަމަށެވެ.

އެހެންނަމަވެސް ކެމްޕެއިން ހަރަކާތްތަކާއި އެހެނިހެން ސިޔާސީ ހަރަކާތްތައް ބާއްވަން އެމްޑީޕީއަކަށް ވެސް އަދި އެހެން ސިޔާސީ ޕާޓީއަކަށް ވެސް ސްކޫލުތައް ދޫނުކުރާ ކަމަށް ވިދާޅުވިއެވެ.

ރާއްޖޭގައި ހިންގާ ހުރިހާ ސަރުކާރު ސްކޫލެއްގައި ވެސް އެ ފަދަ ހަރަކާތްތައް ހިންގޭނީ އެޑިއުކޭޝަން މިނިސްޓްރީން ހުއްދަ ހޯދައިގެންނެވެ.