އިޒްރޭލު ސަފީރު ވާހަކަ ފެށުމުން، ހާވާރޑް ޔުނިވަރސިޓީގެ ދަރިވަރުން ހޯލުދޫކޮށް ނިކުމެއްޖެ އެވެ.
އެމެރިކާގެ ހާވާރޑް ޔުނިވަރސިޓީގެ އެންމެ މަޝްހޫރު އެއް ތަޢުލީމީ ހިޔާވަހިކަމުގައިވާ ހާވާރޑް ލޯ ސްކޫލްގެ ދަރިވަރުންނާއި މުހާތަބުކޮށް އިޒްރޭލުން އެގައުމަށް ފޮނުއްވާފައިވާ ސަފީރު ވާހަކަދައްކަވަން ފެށުމާއިއެކު 100 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ހޯލް ދޫކޮށް ބޭރަށް ނިކުމެފައެވެ.
މި މަހުގެ 14 ވަނަ ދުވަހު އެ ސުކޫލް ހޯލްގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި އިޒުރޭލުން ހިފާފައިވާ ބިންތަކުގެ ތެރޭގައި ހިމެނޭ ފަލަސްތީނުގެ ވެސްޓްބޭންކް އިޒްރޭލްގެ މިލްކިއްޔާތަކަށް ހެދުމަށް ވަކާލާތުކޮށް ވާހަކަ ދެއްކުމުން އެ ސުކޫލުގެ ދަރިވަރުން ވަނީ ''ސެޓްލްމެންޓް އަރ އަ ވާރ ކްރައިމް'' ޖަހާފައިވާ ކަރުދާސް ތަކެއް ހިފައިގެން ހިމޭން ހިހުތިޖާޖެއް ކޮށްފައެވެ.
އެއަށްފަހު ވެސް އިޒްރޭލުގެ އޮފިޝަލުން ވަނީ މަދު ކުދިން ކޮޅަކާ މުހާތަބުކޮށް ވާހަކަ ދައްކާފައެވެ.
ޔަހޫދީން އާބާދުވެފައިވާ ކޮންމެ ސަރަހައްދަކީ ގާނޫނާ ހިލާފަށް އާބާދުވެފައިވާ ތަންތަން ކަމަށް ދުނިޔެ ހެކިވާއިރު ހާވާރޑް ލޯ ސްކޫލްގެ ދަރިވަރުން ބުނެފައިވަނީ އެކުދިން ބޭނުންވަނީ ފަލަސްތީންގެ ރައްޔިތުންނަށް އިންސާފް ހޯދައިދިނުންކަމަށެވެ.
އިޒްރޭލުން ފަލަސްތީނުގެ ބިމަށް ނުހައްގުން ވެރިވުމަށް ގިނަ މަސައްކަތް ތަކެއްދަނީ ކުރަމުންނެވެ. މީގެ އިތުރުން އިޒްރޭލުން ދަނީ އެތައް ގޮތަކުން ފަލަސްތީންގެ ރައްޔިތުން ނަށް އަނިޔާކޮށް ޝަހީދުކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!