ހއ. ފިއްލަދޫ ސިއްހީ މަރުކަޒުގެ ވަށާފާރު ރާނަން އިއްޔެ ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ވިދާޅުވި ގޮތުގައި ފިއްލަދޫ ޞިއްޙީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކުރުމަށް ވަނީ އިއްޔެ ބަޔަކާއި ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފަވާ ކަމަށެވެ.

Ad
rt

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ، ލަކީ ހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އާއެވެ.

މި މަސައްކަތުގެ ޖުމްލަ އަގަކީ، 497,422.28 ރުފިޔާ (ހަތަރު ލައްކަ ނުވަދިހަ ހަތްހާސް ހަތަރުސަތޭކަ ބާވީސް ރުފިޔާ އަށާވީސް ލާރި) އެވެ.

މި މަސައްކަތް ލަކީ ހިޔާއާއި ހަވާލުކޮށްފައި ވަނީ‏ 155 ދުވަހުގެ ތެރޭގައި ނިއްމާގޮތަށެވެ.

ފިއްލަދޫއަކީ އާބާދީގައި 1100 އަށް ވުރެ ގިނަ މީހުން ހިމެނޭ ރަށެކެވެ.