ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން ހއ އަތޮޅުގައި ގިނަ ހަރަކާތްތަކެއް

64EBC8AF-5957-4CCD-A078-13438560C776

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ފުލުހުން އިސްނަގައިގެން ހއ.އިހަވަންދޫ އަދި ހޯރަފުށީގައި ކުޑަކުދިންގެ ހަވީރެއް ބާއްވައިފިއެވެ.

އެރަށްރަށުގެ ގިނަ އަދަދެއްގެ ކުޑަކުދިންނާއި ބެލެނިވެރިންގެ އިތުރުން އާންމު ބައިވެރިވި މި ހަރާކާތުގައި ފުުލުހުންގެ މަގުސަދަކީ އާންމުންނާއި ގުޅިގެން ކުރިއަށް ގެންދާ މި ފަދަ ހަރަކާތް ތަކާއި އެކު ކުށް މަދުކުރުން ކަމަށް އެފަރާތުން ވަނީ ބުނެފައެވެ.

މި ހަވީރުތަކުގައި ތަފާތު ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައި ވާއިރު ކުޑަކުދިންގެ މެދުގައި މަގުބޫލު ކާޓޫން ކެރެކްޓާރތައްވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިމަހުގެ 20 ވަނަ ދުވަހު ހއ.ދިއްދޫގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ހަވީރުތަކުގެ މައިގަނޑު މަގުސަދަކީ ކުޑަކުދިންނަށް ރައްކާތެރި މާހައުލެއް ގާއިމްކުރުންކަމަށާއި މިއީ ފަރުދީ އަދި އިޖްތިމާއީ ޒިންމާއެއް ކަމަށް ވެސް ފުލުހުންވަނީ ފާހަގަކުރައްވާފައެވެ.

ދަރިން ރަނގަޅު ގޮތުގައި ހާނުވައި ދަރިންގެ ކިބައިގައި މާތް ސިފަތައް އަށަގެންނެވުމަށް ބާރުއަޅުމަށް ފުލުހުންގެ ފަރާތުން އިހަވަންދޫ ގައި ވަނީ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގިރާމެއް ހިންގާފައެވެ.މި ހަރަކާތުގެ ތެރެއިން ހއ.ތުރާކުނުގެ ބެލެނިވެރިން ހޭލުންތެރި ކުރުމުގެ ޕްރޮގުރާމެއްވެސް ވަނީ ހިންގާފައެވެ.މިފަދަ ޕްރޮގުރާމްތައް ހިންގުމުގެ މަގުސަދަކީ ކުށްމަދު ހުލްގުހެޔޮ ޖީލެއް ބިނާ ކުރުން ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

ދުނިޔޭގެ ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ފުލުހުން އިސްނަގައިގެން މިމަހުގެ 15 އިން 20 ގެ ނިޔަލަށް ހއ އަތޮޅުގައި މިހާރު ކުރިއަށް ގެންދާ ކުރިޔަށް ގެންދާ މިހަރަކާތަކީ މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޔުނިސެފް މޯލްޑިވްސްއާއި، ޖުވެނައިލް ޖަސްޓިސް ޔުނިޓާއި، މިނިސްޓްރީ އޮފް ޖެންޑަރ ފެެމިލީ އެންޑް ސޯޝަލް ސަރވިސަސްއާއި، މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި، ސޮސައިޓީ ފޮރ ހެލްތް އެޑިއުކޭޝަނާއި، އަރކްގެ އިތުރުން ކުޑަކުދިންނާ ގުޅުންހުރި އެހެނިހެން މުއައްސަސާތަކާއި ޖަމްއިއްޔާތަކާއި ހއ. އަތޮޅު ކައުންސިލާއި އެ އަތޮަޅުގެ ރަށު ކައުންސިލުތަކާއި އެ އަތޮޅުގައި ހުރި ސަރުކާރުގެ މުއައްސަސާ ތަކާއި އަމިއްލަ ބައެއް ފަރާތްތަކުގެ ބައިވެރިވުމާއިއެކު ކުރިއަށްގެންދާ ހަރަކާތްތަކެކެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި