އެމްޑީޕީގެ ނައިބްރައީސް މުޙައްމަދު ޝިފާޒު ދެވަނަ ދައުރަކަށް ކުރައްވަމުންދާ ކެމްޕެއިން ދަތުރުފުޅު ތަކުގެ ތެރެއިން ބޮޑު ތިލަދުންމަތީގެ ބައެއް ރަށް ތަކަށް ވަޑައިގަންނަވަމުން އެބަ ގެންދަވައެވެ.
އިއްޔެ ހއ އަދި ހދ ގެ ބައެއް ރަށްތަކަށް ފެއްޓެވި ކެމްޕެއިން ދަތުރުފުޅުގައި ޝިފާޒު ވަނީ ހަނިމާދޫ އަށް ވަޑައިގެން އެރަށު އެމްޑީޕީ މެމްބަރުންނާއި ޝިފާޒު ބައްދަލު ކުރެއްވިއެވެ. މީގެ އިތުރުން ރޭ ހދ ކުޅުދުއްފުށީ ގައި ކެމްޕެއިން ޖަލްސާ އެއް ބާއްވައިފައެވެ. އަދި މިއަދު ކުޅުދުއްފުށި ހޮނިހިރު ބާޒާރަށް ވަޑައިގެން އާންމުންނާއި ބައްދަލުކޮށް ހޮނިހިރު ބާޒާރު ބައްލަވާ ލެއްވިއެވެ.
މިއަދު ޝިފާޒު ވަނީ ހއ ހޯރަފުއްޓަށް ވަޑައިގެންފައެވެ. ހޯރަފުއްޓަށް ވަޑައިގެން ކެމްޕެއިން ޓީމުތަކާއި އެމްޑީޕީގެ މެމްބަރުންނާއި ޝިފާޒު ވަނީ ބައްދަލުކުރައްވާފަ އެވެ. މީގެ އިތުރުން ހއ އަދި ހދ އަތޮޅުގެ ބައެއް އެހެން ރަށްތަކަށްވެސް ޝިފާޒު ވަޑައިގެންނެވުމަށް ހަމަޖެހިފައިވެއެވެ.
މި ކެމްޕެއިން ދަތުރުގައި ޝިފާޒުއާއިއެކު ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފު އާއި އެމްޑީޕީ ހަނިމާދޫ ދާއިރާގެ ރައީސް އަޙްމަދު އާދިލް (އުނިމާ އާދިލް) އަދި އެމްޑީޕީ ތިމަރަފުށި ދާއިރާގެ ރައީސް އަންވަރު އިބްރާހީމް ބައިވެރިވެ ލައްވައެވެ.
މި ނޮވެމްބަރު މަހު ގައި އޮންނަ އިންތިޙާބުގައި އެމްޑީޕީގެ ނައިބްރައީސް ކަމަށް ޝިފާޒުގެ އިތުރުން ވާދަކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!