ސިނަމާލެ ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް މިރޭ ހިނގައިފިއެވެ.

ފުލުހުން ވިދާޅުވީ، ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށް މިރޭ 19:48 ހާއިރު އެ އިދާރާއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން ދިވެހި ފިރިހެނަކަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ވަނީ ފަރުވާ ދީފައެވެ. އޭނާ މިހާރު ވަނީ ފަރުވާއަށްފަހު ދޫކޮށްލާފައެވެ.

''އެކްސިޑެންޓް ވުމުން ކާރު ވަނީ މަޑުނުކޮށް ގޮސްފައި'' ފުލުހުން ވިދާޅުވެފަވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ބައްލަވަންކަމަށް އެ އިދާރާއިން ވިދާޅުވެއެވެ.

ސިނަމާލެ ބްރިޖް މަތީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގިއިރު، އެ ބްރިޖް މަތީ އަންނަނީ އެކިވަރުގެ ގިނަ އެކްސިޑެންޓްތައް ހިނގަމުންނެވެ.