މާފަރު އިންޓަނޭޝަނަލް އެއާޕޯޓް ބޮޑުކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެކަމުގެ އެއްބަސްވުމުގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ.
އެއް އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 27 މިލިއަން އެމެރިކާ ޑޮލަރު (419 ދިވެހި ރުފިޔާ) އަށެވެ.
މި މަޝްރޫއަކީ އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ފަންޑު ލިބިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މި މަޝްރޫއުުގެ ދަށުން މިހާރުގެ ރަންވޭއަށް އިތުރު 650 މީޓަރު ބޮޑުކުރުމާއި 1 މިލިއަން ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި 5700 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި 32،300 އަކަ މީޓަރުގެ ސަރަހައްދެއްގައި ތާރު އެޅުމާއި ޓެކްސީވޭ ފުޅާކުރަން 5,600 އަކަ މީޓަރުގެ ސަރަހައްދެެއްގައި ތާރު އެޅުމާއި ޕަވާ ސިސްޓަމް އަޕްގުރޭޑް ކުރުމާއި އޭޖީއެލް އަޕްގުރޭޑް ކުރުމުގެ މަސައްކަތް ކުރާނެއެޗެ.
މި މަޝްރޫއު ނިމުމުން މާފަރު އެއާޕޯޓަށް ބޮއިން-777 އީއާރު300 މަރުކާގެ މަތިންދާބޯޓު ޖެއްސޭނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!