ހަނިމާދޫ ޒުވާނުންގެ ޖަމުޢިއްޔާއިން ކޮންމެ ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ ”އާދަމް ސަލީމް ކަޕް“ ފުޓްބޯޅަ މުބާރާތް މި އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައިވާ ތާރީޚަކީ 10 ޑިސެމްބަރު 2019 ވާ އަންގާރަ ދުވަހެވެ. މި މުބާރާތަކީ ހަނިމާދޫއިން ފާހަގަ ކޮށްލެވުނު ކުޅުންތެރިއެއް ކަމުގައިވާ، އެޖަމުޢިއްޔާގެ މެމްބަރު އަލްމަރްޙޫމް އާދަމް ސަލީމުގެ ހަނދާނުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މި މުބާރާތް ބޭއްވުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހަނިމާދޫގެ ޒުވާނުންގެ މެދުގައި ފުޓްބޯޅައަށް ލޯބިއުފެއްދުމާއި، އެރަށުގެ ފުޓްބޯޅަ ކުރިއެރުވުން ހިމެނޭކަމަށް އެޖަމިއްޔާއިން ބުނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ޓީމު ރަޖިސްޓަރީ ކުރުމަށް ހުށައަޅާނެ ފޯރމާއި މުބާރާތުގެ ގަވާއިދު ޖަމުޢިއްޔާގެ ސްޕޯޓްސް ސެކްރެޓަރީ ނޫރުﷲ ޠާހާއާއި ގުޅުއްވުމުން ލިބިލައްވާނެ ކަމަށް އެޖަމިއްޔާއިން ކުރި އިއުލާނެއްގައި ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވުމަށްޓަކައި ހުށައަޅާ ޓީމުލިސްޓު 01 ޑިސެމްބަރު 2019 ވާ އާދީއްތަ ދުވަހުގެ 18:00 ގެ ކުރިން ހުށައެޅުއްވުން އެދޭކަމަށާއި އަދި ސުންގަޑި ހަމަވުށްފަހު ހުށައެޅޭ އެއްވެސް ޓީމުލިސްޓެއް ބަލައި ނުގަނެވޭނެކަމަށްވެސް އެއިއުލާނުގައި ބުނެގައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!