ހަގީގީ މުސްލިމަކީ އޯގާވެރި، ކުލުނުވެރި، މަޑުމައިތިރި، ލުއި ފަސޭހަ ކަމަށް ލޯބިކުރާ މީހާ ކަމަށް މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

ހުތުބާގައި ބުނީ އޭނާ އަކީ އޭނާގެ ނަފްސަށާއި ހައްޓަށް ލުއި ފަސޭހަކަމާއެކު އޭނާގެ އަހްލުންނާ މުއާމަލާތްކުރާ މީހާ ކަމަށެވެ. އަދި އޭނާއަކީ އަވަށްޓެރިންނާއި ރަހްމަތްތެރިންނަށާއި މުޖުތަމައުގެ އެންމެހައި އަފްރާދުންނަށް ހިތްހެޔޮ މީހާ ކަމަށް ވެސް ބުނެފައި ވެއެވެ.

Ad
rt

މީގެ އިތުރުން އޭނާއަކީ މުށްބާރުކަމެއް ނެތް، ދީލަތި މީހާ ކަމަށާއި އެންމެެންނަށް ހެޔޮ އެދޭ މީހާ ކަމަށެވެ. އަދި މުޖުތަމައުގެ ފަރުދުންނަށް އަޅައިލާ އަދި އެންމެންނާ ގުޅޭ މީހާ ކަމަށް ވެސް ބުނެފައި ވެއެވެ.

މުއުމިނަކީ އެތާނގައި އޭނާ ދިރުއުޅޭ ވެއްޓާއި ސުލްހަވެރި، އެ ވެއްޓާއި ކުރިމަތިވާ ނުރައްކާތަކުން އެ ވެށި ރައްކާތެރިކޮށް، ސަލާމަތްކޮށްދޭ މީހާ ކަމަށާއި އޭނާ ދަންނަގޮތުގައި ވެށި ރައްކާތެރި ކުރުމަކީ އޭނާގެ ދީނީ އަދި ވަތަނީ މަސްއޫލިއްޔަތެއް ކަމަށް ވެސް ހުތުބާގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ވެއްޓަކީ އަހަރުމެންގެ ހަޔާތުގައި ވަރަށް މުހިންމު ބަހާއެއްކަން ފާހަގަކޮށް، ހުތުބާގައި ވަނީ އެތަން ފާސިދު ވެއްޖެނަމަ، އަހަރުމެންގެ ސިއްހަތު ފާސިދުވެގެން ހިނގައިދާނެ ކަމަށެވެ. އަދި ވެށި ރަނގަޅުވެއްޖެނަމަ، އަހަރުމެންގެ ހަށިތަކަށް ދުޅަހެޔޮކަން ލިބޭނެ ކަމަށާއި އެއީ ކާބޯތަކެއްޗާއި ބޯފެނާއި ނޭވާލާ އޮކްސިޖަން އެ ވެށިގައި ހުރުމުން ކަމަށް ވެސް ބުނެފައި ވެއެވެ.