މިއަހަރު ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް
މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ. މި އިނާމު އެރުވުމަށް ނިންމަވާފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް މި އިނާމު ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ. ރައީސް އޮފީހުން ވަނީ އެ ބޭފުޅުންގެ ރެކޯޑުތައް ހޯއްދެވުމަށްފަހު، ދިރާސާކުރުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީއަށް ފޮނުއްވާފައ...