ޕާކިސްތާން މުބާރާތުގެ އަންހެން ޑަބަލްސް ބައިން ރަން މެޑަލް ދެބެންނަށް

EDB2CF78-1C4A-441B-876F-1C6F32ADC7D0

ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގެ އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދެބެން ކަމަށްވާ ހދ.ނެކުރެންދޫ އަށް އުފަން ފާތިމަތު ނަބާހާ އާއި އައިމިނަތު ނަބީހާގެ ޕެއާ ރަން މެޑަލް ހާސިލްކޮށްފި އެވެ.

މީގެ ކުރިން ވެސް ބައިނަލްއަގުވާމީ މުބާރާތްތަކުގައި ގިނަ ކާމިޔާބީތަކެއް މި ދެކުދިން ހޯދަފައިވާއިރު އަންހެން ޑަބަލްސްގައި ނަބީހާ އާއި ނަބާހާގެ ޕެއާ ވަނީ ރާއްޖެ އަށް މި ވަނީ ޖުމްލަ ނުވަ މެޑަލް ގެނެސްދީފައެވެ.

ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްގެންދިޔަ ޔޮނެކްސް ސަންރައިސް ޕާކިސްތާން އިންޓަނޭޝަނަލް ސީރީސް ބެޑްމިންޓަން މުބާރާތުގައި މިއަދު ނަބާހާ އާއި ނަބީހާގެ ޕެއާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ޕާކިސްތާނުގެ ބުޝްރާ ގައްޔޫމާއި މަހޫރު ޝަހުޒާދުގެ ޕެއާ އަތުން 21-17، 21-13 އިން މޮޅުވެގެންނެވެ.

މި ކާމިޔާބީއާއި އެކު މިކްސް ޑަބަލްސް އިން ވެސް ނަބާހާ އާއި ޒަޔާން ގެ ޕެއާ މިވަނީ ރަން މެޑަލް ހޯދާފައެވެ.މިއަދު ކުޅުނު ފައިނަލް މެޗުން ނަބާހާ އާއި ޒަޔާންގެ ޕެއާ މޮޅުވީ މުބާރާތުގައި އެއް ވަނަ އަށް ސީޑްކޮށްފައިވާ ނޭޕާލުގެ ދިޕޭޝް އާއި އަމީތާގެ ޕެއާ އަތުންނެވެ. ޒަޔާން އާއި ނަބާހާގެ ޕެއާ މޮޅުވީ ސީދާ ދެ ސެޓުންނެވެ. ސެޓުތައް ގެންދިޔައީ 21-16، 21-19 އިންނެވެ.

މި މެޑަލް މި ޕެއަ ހޯދުމާއި އެކު އެ ވެގެންދިޔައީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަން (ބީޑަބްލިއުއެފް) އިން ރުހުން ދީފައިވާ މުބާރާތަކުން ރާއްޖެ އަށް ލިބުުނު ފުރަތަމަ ރަން މެޑެއްޔަށެވެ.

ބެޑްމިންޓަންގެ ތާރީހުގައި މިއަދު މިއީ ހާއްސަ ދުވަހަކަށް ވެފައިވާއިރު ނަބީހާ އަދި ނަބާހާގެ ދެބެންގެ ކެރިއަރުގައި ވެސް މިއީ އުފާވެރި ދުވަހަކަށް މިވަނީ ވެފައެވެ.މީގެ އިތުރުން މިމުބާރާތުގައި ރާއްޖޭގެ ނީލާ ނަޖީބު ވަނީ އަންހެން ސިންގަލްސް ބައިން ލޯ މެޑަލް ހޯދައިފަ އެވެ. އަދި އަންހެން ޑަބަލްސް ބައިން ނީލާ އާއި މައިސާ ފަތުހުﷲގެ ޕެއާ ވަނީ ލޯ މެޑަސް ހާސިލްކޮށްފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *