އާސަންދަ ކުންފުނީގެ ނަމުގައި ފޭކް މެސެޖުތަކެއް ދައުރުވާން ފަށާފައިވާ ކަމަށާއި އެކަމަށް ސަމާލުވުމަށް ކަސްޓަމަރުންގެ ކިބައިން އެ ކުންފުނިން އެދިވަޑައިގެންފި އެވެ.
އެ ކުންފުނިން ވިދާޅުވީ އާސަންދަ ކުންފުނީގެ ނަމުގައި މަކަރާއި ހީލަތުން ފޭރެމުންދާ މީހުން އެކި ނަންބަރުތަކަށް މެސެޖު ފޮނުވަމުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެކުންފުނީގެ ނަމުގައި އޮޅުވާލައިގެން ޑޭޓާ އެއްކުރުމުގެ މަސައްކަތް ކުރަމުން ދާކަން ވެސް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ޝައްކުވާފަދަ ނުވަތަ އޮޅުންއަރާފަދަ ކަމެއް ދިމާވެއްޖެނަމަ އެކުންފުނީގެ 24 ގަޑިއިރު ހިދުމަތްދޭ ކޯލްސެންޓަރު ނަންބަރު 1400 އަށް ގުޅައި މައުލޫމާތު ސާފު ކުރެއްވުމަށް އާސަންދަ ކުންފުނިން ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އަދި އެކުންފުންޏާ ގުޅުން ހުރި ލިންކުތައް ނިމޭނީ http://Aasandha.mv އަށް ކަމަށް ވެސް ވިދާޅުވި އެވެ.
އާސަންދަ ކުންފުނީގެ ނަމުގައި މިފަދަ މެސެޖުތަކެއް ދައުރުވަމުން އަންނައިރު، މިފަދަ ގިނަ މެސެޖުތަކެއް ދޭތެރެދޭތެރެއިން އަންނަނީ ދައުވަމުން ނެވެ.
އެކި ކުންފުނިތަކާއި މުވައްސަސާތަކުގެ ނަމުގައާއި ތަފާތު އެކި ޕްރޮމޯޝަނުގެ ނަމުގައި ވެސް މެސެޖުތައް އަންނަނީ ދައުރުވަމުން ނެވެ.
ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ މަހު އެކަނިވެސް މަކަރާއި ހީލަތް ހެދުމުގެ 89 މައްސަލައެއް ވަނީ ހުށަހަޅާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!