ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ އައިޝަތު އަލީ އާ ސުވާލުކުރުމަށް އެޖެންޑާކޮށްފި އެވެ.
ސުވާލުކުރެއްވުމަށް ހުށައެޅީ ދާންދޫ ދާއިރާގެ މެންބަރު ޔަޢުޤޫބު ޢަބްދުﷲ އެވެ. މިނިސްޓަރާއި ކުރައްވާ ސުވާލަކީ ކުރީ ސަރުކާރުތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދެވި އޮތުމުން ތަޢުލީމީ ދާއިރާ އާއި، ޓީޗަރުންގެ ޙާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާތީ ޓީޗަރުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެވޭނީ ކިހާތާކުތޯ އެވެ.
އަދި ސްކޫލް ނިންމާ މޮޅެތި ދަރިވަރުން މި ދާއިރާއާ ދުރަށް ދާތަން ފާއިތުވި 12 ވަރަކަށް އަހަރު ފެންނަމުންދާތީ އެކަން ދިމާވާ ސަބަބަކީ ކޮބައިތޯ ވެސް މެމްބަރު ވަނީ މިނިސްޓަރާއި ސުވާލުކުރެއްވުމަށް ހުށަހަޅުއްވާފަ އެވެ. އަދި އެކަން ޙައްލުކުރަން މިނިސްޓްރީން ކުރައްވާ މަސައްކަތަކީ ކޮބައިތޯވެސް ސުވާލު ކުރެއްވުމަށް މެންބަރު ވަނީ ހުށަހަޅުއްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!