ބިދޭސީއަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާކަމަށް ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ ގެއްލިގެން ހޯދަމުންދަނީ ބަންގްލަދޭޝް ރައްޔިތެއްކަމަށްވާ އުމުރުން 27 އަހަރުގެ އެމްޑީ އޮމަރް މިއަރ ކަމަށެވެ.

Ad
rt

އެމްޑީ އޮމަރް މިއަރ ވީނުވީއެއް ނޭނގި ގެއްލިގެން އޭނާ މަސައްކަތްކުރަމުންދިޔަ ކުންފުނިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ 2022 އޮކްޓޯބަރ 8 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ އެމީހާ އަކީ ހުޅުމާލެ ފޭއެކެއްގައި އުޅެމުން އައި މީހެއްކަމަށެވެ.

އެމްޑީ އޮމަރް މިއަރ ހޯދުމަށް މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ފެނިފައިނުވާތީ، އެނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ހުޅުމާލެ ފޭސް 1 ޕޮލިސްގެ ނަންބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.