ހއ. ހޯރަފުށީ މަގުތަކުގައި ތާރު އެޅުމުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފިއެވެ.

ހޯރަފުށީގައި ބޭއްވި މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަ މުހައަމްދު އަސްލަމް އާއި، ރައްޔޮތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަޙުމަދު ސަލީމް އާއި ، ހޯރަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު އާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Ad
rt

މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަމީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ.

މި މަޝްރޫއުގެ ދަށުން، ހޯރަފުށީގެ 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި ސަބްބޭސް ހެދުމާއި، 25,909 އަކަ މީޓަރުގެ ސަރަހައްދެއްގައި އޭބީސީ ފަށަލަ އެޅުމާއި، 25,909 އަކަ މީޓަރުގެ ސަރަޙައްދެއްގައި 40 މިލިމީޓަރުގެ ތާރު އެޅުމުގެ މަސައްކަތް އެމްޓީސީސީން ކުރާނެއެވެ.

މީގެ އިތުރުން 11,113.80 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމާއި، މި މަޝްރޫގެ ދަށުން މަގުތައް ހަދައި ނިންމައި މަގުމަތީ ނިޝާން ހަރުކުރުމާއި ސައިން ބޯޑު ހަރުކުރުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް އެ ކުންފުނިން ކުރާނެއެވެ.

މިއީ 71.90 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.