މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވަނީ

viber_image_2022-09-26_03-30-40-680

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ އިސްމާއިލް ބިން މޫސާ (މުފްތީ މެންކް) އަންނަ އޮކްޓޯބަރ މަހު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވާނީ އަންނަ މަހު 28 އިން 31 އަށް ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ މުފްތީގެ މި ދަތުރުފުޅުގައި މާކެ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ގައި ދަރުސް ދެއްވާނެ ކަމަށެވެ.

އެހެންނަމަވެސް އެ ދަތުރާ ގުޅޭ އިތުރު ތަފުސީލެއް ހާމައެއް ނުކުރައްވަ އެވެ.

ދީނީ ދަރުސް ދެއްވުމުގައި ދުނިޔޭގެ ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ މުފްތީ މެންކް ވަނީ 2015 އަދި 2016 ވަނަ އަހަރު ވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވާފަ އެވެ. އެ ދަރުސްތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ވެސް ވަނީ ލިބިފަ އެވެ.

މުފްތީ އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރު އެވެ. އެ ދަތުރުގައި ހދ. ކުޅުދުއްފުށީގައި އޭނާ ދަރުސް ދެއްވި އެވެ.

ޒިންބާބުވޭގެ ފަތުވާ ޑިޕާޓްމެންޓްގެ ހެޑް ގެ މަގާމުގައި ހުންނެވި މުގްތީ ގެންދަވަނީ ދުނިޔޭގެ އެކި ގައުމުތަކަށް ދަތުރުކުރައްވައި، އިސްލާމް ދީނާއި ދީނީ ކަންކަމާ ގުޅޭގޮތުން ދަރުސް ދެއްވަމުން ނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *