ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އަޅައިދޭނެފަރާތެއް ހޯދަން އިއުލާން ކޮށްފި އެވެ.

ފިއްލަދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ ކައުންސިލުންދޭ މައުލޫމާތާ އެއްގޮތަށް އެރަށު ރަސްމީ ފުޓްބޯޅަ ދަނޑުގައި ރޮސްޓްރޮމްއެއް އެޅުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާ ކަމަށެވެ.

Ad
rt

މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް މިހާރުވަނީ ހުޅުވާލާފަ އެވެ.

މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނީ، ޤާނޫނު ނަމްބަރ: 18/2014 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި، ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.

ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު އެ ކައުންސިލް އިދާރާގެ އީމެއިލް info@filladhoo.gov.mv އަށް ފޮނުވައިގެން ނުވަތަ ކައުންސިލަށް ހުށަހަޅައި ރަޖިސްޓްރީ ކުރުމަށް ފިއްލަދޫ ކައުންސިލުން ވަނީ އެދިފަ އެވެ.

އީމެއިލް ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތުގެ ޒިންމާއެއް ކަމަށާއި ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް މިބީލަމާގުޅޭ ލިޔެކިޔުންތައް ފޮނުވޭނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެ އެވެ.

މިކަމަށް އެދޭ ފަރާތްތަކުގެ ބީލަން ރެޖިސްޓްރީ ކުރުން މި ސެޕްޓެމްބަރ މަހުގެ 29 ވަނަ ދުވަހުގެ މެންދުރު 1 ޖެހުމާއި ހަމައަށް ހުޅުވާލާފައިވާއިރު، ބީލަން ބަލައިގަންނާނީ އޮކްޓޯބަރ 6 ވަނަ ދުވަހުގެ 13:30 ގެކުރިން ކަމަށް އެ ކައުންސިލުން ވިދާޅުވެ އެވެ. އަދި ޕްރީ-ބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ނުވާ ކަމަށް ވެސް ފިއްލަދޫ ކައުންސިލުން ވިދާޅުވެ އެވެ.

ފިއްލަދޫ ކައުންސިލުން ވިދާޅުވީ ބީލަންތައް ހުޅުވުން އޮންނާނީ އޮކްޓޯބަރ 6 ވަނަ ދުވަހުގެ 13:35 ގައި ފިއްލަދޫ ކައުންސިލް އިދާރާގައި ކަމަށެވެ.

ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެ ކަމަށާއި ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ ޚާޟިރުގައި ކަމަށް އެ ކައުންސިލުން ވިދާޅުވި އެވެ.

ފިއްލަދޫ ކައުންސިލުން ވިދާޅުވީ ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި ކަމަށާއި އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން އެ އިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުމަށް އެދޭ ކަމަށެވެ.