މައި ޚަބަރަށް ދިޔުމަށް

ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

އިބްރާހިމް އަސްވާޤް 16:00
ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށްފި

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި މުނާސަބަތުގައި އެ ސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އަލްފާޟިލް ޠާރިޤް އިބްރާހީމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް މުޖުތަބާ ޖަލީލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔ...

Ad

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޚިދުމަތް އަތޮޅުތަކަށް ފުޅާކުރުމުގެ މަސައްކަތުގެ ދަށުން، މިއަދު ކުޅުދުއްފުށި ސިޓީގައި އެ ކުންފުނީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.

މި މުނާސަބަތުގައި އެ ސިޓީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.

Ad
rt

މި ރަސްމިއްޔާތުގައި އެންވަޔަރަންމަންޓް މިނިސްޓަރު އަލްފާޟިލް ޠާރިޤް އިބްރާހީމް، ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރު އަލްފާޟިލް މުޖުތަބާ ޖަލީލް އަދި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ މޭޔަރު އަލްފާޟިލް މުޙައްމަދު އާޠިފްގެ އިތުރުން ވެމްކޯގެ މެނޭޖްމަންޓް، ކުޅުދުއްފުށި ސިޓީ ކައުންސިލްގެ އިސްވެރިން އަދި ސަރުކާރުގެ އިސް އޮފިޝަލުންވެސް ބައިވެރިވެ ވަޑައިގަތެވެ.

ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް އިއްޔެ ރަސްމީކޮށް އިފްތިތާޙުކުރި ނަމަވެސް، އެ ކުންފުނިން ވަނީ ޖޫން މަހުގެ ތެރޭގައި އެ ސިޓީގައި ޚިދުމަތް ދޭން ފަށާފައެވެ. ވެމްކޯގެ މެނޭޖްމަންޓުން ނިންމާފައިވަނީ ޖޫން މަހު ދިން ޚިދުމަތަށް އަގު ނުނެގުމަށެވެ. އަދި ޖުލައި މަހުގެ ޚިދުމަތުގެ ބިލު އޯގަސްޓް މަހުގެ ފުރަތަމަ ހަފުތާގައި ފޯރުކޮށްދޭނެ ކަމަށް ވެމްކޯއިން މީގެ ކުރިން ހާމަކޮށްފައިވެއެވެ.

ކުޅުދުއްފުށި ސިޓީގައި ވެމްކޯގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ތެރެއިން ގޭބިސީތަކުން ޚިދުމަތުގެ އަގުގެ ގޮތުގައި މަހަކު 150 ރުފިޔާ ނެގުމަށް ކަނޑައަޅާފައިވެއެވެ. ވިޔަފާރިތަކުން ނަގާ ކުނިން ޗާޖުކުރަން ނިންމާފައިވަނީ ލީޓަރަކަށް 16 ލާރީގެ މަގުންނެވެ. އަދި، ވެމްކޯގެ ސައިޓުން ހޯދާ ޚިދުމަތަށް އަގުކުރަން ނިންމާފައިވަނީ ޓަނަކަށް 108 ރުފިޔާގެ ރޭޓުންނެވެ.

ވެމްކޯގެ މި މަސައްކަތްތަކަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ. މި ޚިދުމަތްތައް އިތުރަށް ފުޅާކުރުމާއެކު، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރުދަނާ ކުނި މެނޭޖްކުރުމުގެ ނިޒާމެއް ޤާއިމުވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

ވެމްކޯއިން ވަނީ ޖޫންމަހުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ އިތުރުން ތިނަދޫ ސިޓީ އާއި ކ. މާފުށީގައިވެސް ވެމްކޯގެ ޚިދުމަތް ދޭން ފަށާފަ އެވެ.

އިތުރު ލިޔުންތައް ކިޔާލަން ކަހާލާ
ޓެގްތައް #ވެމްކޯ
ޙިއްޞާކުރައްވާ މި ލިޔުމުގެ ޕޯސްޓަރު ޑައުންލޯޑް ކުރައްވާ!

ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!

މިލިޔުމާއި ގުޅޭގޮތުން ތިޔަބޭފުޅާއަށް ފެނުނުތަނާއި ތަޖުރިބާ އަދި ޚިޔާލު ހިއްސާކުރައްވާ!
Ad
alied text
އެންމެ ފަހުގެ ލިޔުންތައް