އިސްލާމީ މަރުކަޒުގެ ފެންގަނޑު މަރާމާތުކޮށްދޭން ސްޓެލްކޯއިން ޝައުގުވެރިވެއްޖެ
އިސްލާމީ މަރުކަޒުގެ މަސްފެންގަނޑު މަރާމާތުކޮށްދޭން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ)އިން އިއްޔެ ޝައުގުވެރިކަން ފާޅުކޮށްފިއެވެ. ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ އިއްޔެ ވަނީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާ ބައްދަލު ކުރައްވާފައެވެ. އެ ބައްދަލުކޮށްލެއްވުމަށްފަހު އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއާއި ގުޅިގެން އިސްލާމީ މަރުކަޒުގެ ހައިބަތު ފުރިހަމަ ކުރުމަށްޓަކައި މުންނާރުގެ ތިރީގައި އޮންނަ ފެންގ...