ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ވެސް ސަމާޓް މީޓަރާއި ދިމާއަށް މިސްރާބުޖަހައި، އަންނަ މަހުން ފެށިގެން އެ މަސައްކަތް ފަށަން ނިންމައިފިއެވެ.
ސްޓެލްކޯއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ، އެ ކުންފުނިން ވެސް ސްމާޓް މީޓަރު ހަރުކުރުމުގެ މަސައްކަތް އަންނަ މަހު ފަށާނެއެވެ.
މިގޮތުން ސްޓެލްކޯއިން އަމާޒު ހިފާފައިވަނީ، އެ ކުންފުނިން ޚިދުމަތްދޭ ތަންތަނުގައި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްމާޓް މީޓަރަށް ބަދަލުކޮށް ނިންމަންްކަމަށްކަމަށް ފަހުމީ ވިދާޅުވިއެވެ.
އެމްޑީ ފަހުމީ މިއަދު ވިދާޅުވިގޮތުގައި މި މަސައްކަތުގެ ތެރެއިން ސްމާޓް ގްރިޑްގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.
ސްޓެލްކޯއަކީ ގްރޭޓާ މާލޭ ސަރަހައްދުގެ އިތުރުން މާލެ އަތޮޅާއި އަރިއަތޮޅު ދެ ބުރިއަށް ކަރަންޓްގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ކުންފުންޏެކެވެ.
ރާއްޖޭގައި ކަރަންޓްގެ ޚިދުމަތްދޭ ދައުލަތުގެ އަނެއް ކުންފުނި، ފެނަކަ ކޯޕަރޭޝަނުން މިހާރު ވަނީ މި ޚިދުމަތް ދޭން ފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!