ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، (ސްޓެލްކޯ)ގެ ނަމުގައި ސްކޭމް ކޯލްތަކެއް ކުރަމުންދާތީ، އެކަމަށް ސަމާލުވުމަށް އެދިއްޖެއެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެކަން ކަސްޓަމަރުންގެ ސަމާލުކަމަށް ގެންނަވާފައެވެ.
އެ ޕޯސްޓްގައި ފަހުމީ ވިދާޅުވީ، އެކުންފުނީގެ ނަމުގައި ކަސްޓަމަރުންނަށް ސްކޭމް ކޯލްތަކެއް ކުރަމުންދާކަން އެކުންފުނީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.
މިފަދަ ކޯލްތައް ކުރާ ފަރާތްތަކުން ކަސްޓަމަރުންނަށް އޮޅުވާލައިގެން ޒާތީ މަޢުލޫމާތު ހޯދުމަށް މަސައްކަތްކުރާކަމަށާއި، އެއްވެސް ކަސްޓަމަރެއްގެ ޒާތީ އަދި މާލީ ޙާލަތާގުޅޭ މަޢުލޫމާތެއް ހޯދުމަށް އެކުންފުނިން ނުގުޅާނެކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!