މާދަމާ ހެނދުނު މާލޭގެ ބައެއް ސަރަހައްދުތަކުން ކުޑަވަގުތުކޮޅަކަށް ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ބުނެފި އެވެ.

ސްޓެލްކޯ އިން މިއަދު ބުނީ މާލޭގެ މީޑިއަމް ވޮލްޓޭޖް ޑިސްޓްރިބިއުޝަން ގްރިޑް ނެޓްވޯކްގެ ކެޕޭސިޓީ އިތުރު ކުރުމަށް ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އެހެންކަމުން މާދަމާ ހެނދުނު މާލޭގެ މާފަންނު، މައްޗަންގޯޅި އަދި ގަލޮޅުގެ ބައެއް ސަރަހައްދުތަކުން ވަގުތުކޮޅަކަށް ކަރަންޓް ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ސަރައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ވަގުތު ތަކަކީ މާދަމާ ހެނދުނު 6:00 އާއި 6:30 އާ ދެމެދު އަދި 9:45 އާއި 10:30 އާ ދެމެދު ކަމަށް ވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.

ސްޓެލްކޯ އިން ވަނީ ކަރަންޓުގެ ހިދުމަތް ކެނޑުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ކަސްޓަމަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.