ށ.ފުނަދޫ ހިމެނޭހެން ތިން ރަށެއްގައި އައިސްޕްލާންޓާއި އައިސް ސްޓޯރޭޖު ހަދަން ފިޝަރީޒް މިނިސްޓްރީން މިފްކޯއާއި ހަވާލުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީން ވަނީ ށ.ފުނަދޫގެ އިތުރުން ދ.ބަނޑިދޫ އަދި ދ.މީދޫގައި 30 ޓަނުގެ އައިސްޕްލާންޓްގެ އިތުރުން 50 ޓަނުގެ އައިސް ސްޓޯރޭޖް އަޅަން ނިންމާފައެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ މިނިސްޓްރީއާއި މިފްކޯއާއި ދެމެދު ސޮއިކޮށްފައެވެ.

Ad
rt

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއިކުރެއްވީ ކުންފުނި ހިންގެވުމާއި މިވަގުތު ހަވާލުވެ ހުންނެވި ޗީފް ފައިނޭންޝަލް އޮފިސަރ (ސީއެފްއޯ) އިލްޔާސް ހަނީފެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް ކޮންޓްރޯލަރ އީނާޒް ނަސީރެވެ.

މިއީ ސަރުކާރުގެ ޕީއެސްއައިޕީ ބަޖެޓުން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތް ހަވާލުކޮށްފައި ވަނީ އަށް މަސް ދުވަހުގެ ތެރޭ ނިންމާގޮތަށެވެ.