Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
އެއާޕޯޓުގައި ހުންނަ "ޕޯސްޓް ޝޮޕް" އިން ބަސްކާޑު ލިބޭނެ
Business

އެއާޕޯޓުގައި ހުންނަ "ޕޯސްޓް ޝޮޕް" އިން ބަސްކާޑު ލިބޭނެ

ވީއައިއޭ ގައި ހުންނަ “ޕޯސްޓް ޝޮޕް” އިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ބަސް ކާޑު ދޫކުރަން ފަށައިފިއެވެ. އެމްޓީސީސީން ބުނީ ކޮންމެ ދުވަހެއްގެ ހެނދުނު 10:00ން ރޭގަނޑު 11:00ށް އެ ފިހާރައިން ބަސް ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެގޮތުން ބަސް ދަތުރު ކާޑު ވިއްކުމާއި ރީލޯޑު ކޮށްދިނުމާއި ސިންގަލް ޖާނީ ޓިކެޓް ލިބޭނޭކަމަށް އެ ކުންފުނިން ބުންޏެވެ. ބަސް ކާޑު ހޯދުމާއި ކާޑަށް ރުފިޔާ އެޅުމުގެ ޚިދުމަތް މާލެއިން މިހާރުދެނީ ހެންވޭރު […]

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން
Business

ބްރިޖުގައި ހިނގި އެކްސިޑެންޓެއްގައި ފެނުނީ އެމްޓީސީސީ މުވައްޒަފުންގެ އޯގާތެރިކަން

ބްރިޖުމަތީގައި ހިނގި އެކްސިޓެއްގައި އަނިޔާވި މީހުންނަށް ފަރުވާ ދިނުމުގައި އެމްޓީސީސީގެ މުވައްޒަފުން ދެއްކި ނަމޫނާއާ ގުޅިގެން ގިނަ ބައެއްގެ ތައުރީފު އެ ކުންފުންޏަށް އަމާޒުވެއްޖެއެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ބުނީ އެކްސިޑެންޓު ހިނގަން މެދުވެރިވީ ވާރޭވެހިފައި އޮއްވާ އޭނާ ސައިކަލުގެ ކުރީ ބުރެކި ޖެއްސުމުން ކަމަށެވެ. އަދި އެ ވަގުތު އެކްސިޑެންޓް ހިނގިތާ ކައިރީގައި އެމްޓީސީސީ ބަހެއް އޮތް ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދެއްކީ އޯގާތެރިކަމުގެ ނަމޫނާ މިސާލެއް ކަމ...

ސ. ހުޅުދޫ ބަނދަރު މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Business

ސ. ހުޅުދޫ ބަނދަރު މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ސ. ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުންފުނިން ބުނިގޮތުގައި، ހުޅުދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 70 އިންސައްތަ މަސައްކަތް މިހާތަނަށް ވަނީ ނިމިފައެވެ. އަދި އެއްގަމު ތޮށި ލާން ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވި މަސައްކަތްތައް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް އެކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 88،623 ކިއުބިކް...

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް
Business

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން އެމްޓީސީސީއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން، މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. މި މަޝްރޫއުގެ ދަށުން 525 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓު ޖެހުމާއި، ދެކުނުފަރާތުގައި 155 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެނ...

ހިތާދުއާއި ކިނޮޅަހުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލު ކޮށްފި
Business

ހިތާދުއާއި ކިނޮޅަހުގެ ބަނދަރު ހަދަން އެމްޓީސީސީއާ ހަވާލު ކޮށްފި

ބ. ހިތާދޫއާއި ރ. ކިނޮޅަހު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިނ ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދެވެ. ހިތާދޫ ބަދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، 14،929.60 ކިއުބިކް މީޓަރަށް ބަނދަރު ފުން ކުރުމާއި، ބަނދަރަށް ވަންނަ ނެރ...

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް
Thiladhunmathi News

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކު...

މީމު އެއާޕޯޓުގެ ފަޔަރ ބިލްޑިން ފައުންޑޭޝަނާއެކު މުލިން ސައެއް
Business

މީމު އެއާޕޯޓުގެ ފަޔަރ ބިލްޑިން ފައުންޑޭޝަނާއެކު މުލިން ސައެއް

މީމު އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އެ އެއާޕޯޓުގެ ފަޔަރ ބިލްޑިންގެ ފައުންޑޭޝަން އެޅުން ފާހަގަ ކުރުމަށް މ. މުލިން އެމްޓީސީސީ މުވައްޒަފުންނަށް ސައެއް ދީފިއެވެ. މި ސައި ދެއްވީ މުލީ ކައުންސިލާއި އެ ރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ގުޅިގެން އިއްޔެއެވެ. މީމު އެއާޕޯޓުގެ މަސައްކަތުގެ ދަށުން 14 ހެކްޓަރުގެ ބިންހިއްކުމާއި، 1812 މީޓަރުގެ ސަރަހައްދެއްގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި 1200 މީޓަރު ދިގު 30 މީޓަރު […]

ރަސްމާދޫ ބަނދަރު ހަދަން ގެންދިޔައީ އެމްޓީސީސީގެ އެންމެ ބޮޑު އެކްސްކަވޭޓަރު
Business

ރަސްމާދޫ ބަނދަރު ހަދަން ގެންދިޔައީ އެމްޓީސީސީގެ އެންމެ ބޮޑު އެކްސްކަވޭޓަރު

ރ. ރަސްމާދޫ ބަނދަރު ތަރައްގީ ކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ފްލީޓްގެ އެންމެ ބޮޑު އެކްސްކަވޭޓަރު ރަށަށް ފޮނުވައިފިއެވެ. އެ ކުންފުނިން މިއަދު ބުނީ، އެ ކޮންނަބޯޓު ހާޑް-ސްޓްރޭޓާ ޑިމޮލިޝަންގެ މަސައްކަތަށް ހާބަރު ބޭސިންއަށް ޑިޕްލޮއި ކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން 8100 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި 377 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި 600 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް ކުރާނެއެވެ. އަ...

ޕިކްނިކް އައިލެންޑް ހިއްކަން ތައްޔާރުވެ ސައިޓް މޮބިލައިޒްކޮށްފި
Business

ޕިކްނިކް އައިލެންޑް ހިއްކަން ތައްޔާރުވެ ސައިޓް މޮބިލައިޒްކޮށްފި

މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ހަދާ ޕިކްނިކް އައިލެންޑް ހިްކުމުގެ މަސައްކަތް ފަށަން ސައިޓް މޮބިލައިޒް ކޮށްފިއެވެ. މި ސައިޓް މޮބިލައިޒް ކޮށްފައިވަނީ މިއަދުއެވެ. މި މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. ކ. ކުޑަގިރީގައި ތަރައްގީ ކުރާ މި ޕިކްނިކް އައިލެންޑް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް އަންނަ އަހަރުގެ އޭޕްރިލް މަހުގެ ކުރިން ނިންމަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް...

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

އުނގޫފާރު މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ރ. އުނގޫފާރު މަގުތައް ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ޕްލޭނިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލު ކުރީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. ‏މިއީ 21.65 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މަސައްކަތް ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ. މި މަޝްރޫޢުގެ ދަށުން އައު މަގުތަކެއްގައި ތާރު އަޅައި، މަގުތަކުގައި ފެން ހިންދާ ނިޒާމް ގާއިމްކޮށް، މަގު ބައްތި […]

ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ
Business

ފައިނުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ

ރ. ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ ބޮޑުބައި ނިމިއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ މި މަޝްރޫއުގެ 63 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފައިނު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި، ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް މި މަހުގެ އެއް ވަނަ ދުވަހު ފަށާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 8100 ކިއުބިކް މީޓަރުގެ ވެލި ބެކްފިލް ކުރުމާއި، 250 މީޓަރުގެ ސަރަހައްދެއްގައި […]

ތިލަދުންމަތީގެ އިތުރު ތިން ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް އާޒިމް ބައްލަވައިލައްވައިފި
Thiladhunmathi News

ތިލަދުންމަތީގެ އިތުރު ތިން ރަށެއްގައި ހިންގާ ޕްރޮޖެކްޓުތައް އާޒިމް ބައްލަވައިލައްވައިފި

ހއ. އިވަންދުއާއި ހޯރަފުއްޓާއި ހދ. ނެއްލައިދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން އިހަވަންދޫ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތާއި ނެއްލައިދޫ ބަނދަރާައި ފެރީ ސްޓޮޕުގެ މަސައްކަތް ވަނީ ބައްލަވާފައެވެ. މީގެ އިތުރުން ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތ...

ބިލެއްފަހި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ
Business

ބިލެއްފަހި ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތް ނިމިއްޖެ

ށ. ބިލެއްފަހި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމުގެ މަސައްކަތް ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަސައްކަތް ނިމިފައި ވަނި މިދިޔަ މަހުގެ 30 ވަނަ ދުވަހު ކަމަށެވެ. މިއާއެކު އެ މަޝްރޫއުގެ 53 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ ހާބަރު ޕޭވްމަންޓް ހެދުމުގެ މަސައްކަތެވެ. މި މަޝްރޫއުގެ […]

ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި
Thiladhunmathi News

ކުޅުދުއްފުށީގައި އެމްޓީސީސީން ކުރަމުން އަންނަ މަސައްކަތްތައް އާޒިމް ބައްލަވައިފި

ހދ. ކުޅުދުއްފުށީގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ. އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލުގެ މަސައްކަތް ކުރިއަށްދާ ގޮތާއި ފެރީ ޓާމިނަލުގެ މަސައްކަތް ކުރިއަށްދާ ގޮތް އޭނާ ބެއްލެވިއެވެ. މީގެ އިތުރުން މި ދަތުރުފުޅުގައި އާޒިމްވަނީ އެ ކުންފުނީގެ “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށ...

ގުޅީފަޅު ބިން ހިއްކައި ނިމިއްޖެ
Business

ގުޅީފަޅު ބިން ހިއްކައި ނިމިއްޖެ

ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމިފައި ވަނީ 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން 1.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިންހިއްކާފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި  183 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއެވެ. މިއީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.