ހއ. އިވަންދުއާއި ހޯރަފުއްޓާއި ހދ. ނެއްލައިދޫގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތައް އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ބައްލަވައިލައްވައިފިއެވެ.

އާޒިމް މި މަސައްކަތްތައް ބެއްލެވީ އިއްޔެ އެ ދެ ރަށަށް ކުރެއްވި ޒިޔާރަތުގައެވެ. އެގޮތުން އިހަވަންދޫ ބަނދަރާއި ބިން ހިއްކުމުގެ މަސައްކަތާއި ނެއްލައިދޫ ބަނދަރާައި ފެރީ ސްޓޮޕުގެ މަސައްކަތް ވަނީ ބައްލަވާފައެވެ.

Ad
rt

މީގެ އިތުރުން ހޯރަފުށީ އެއާޕޯޓު މަރާމާތު ކުރުމުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ވެސް އާޒިމް ބައްލަވާލައްވައިފިއެވެ.

މި ދަތުރުފުޅުގައި އާޒިމްވަނީ ހދ. ކުޅުދުއްފުށީގައި އެ ކުންފުނީގެ މަސައްކަތްތައް ވެސް ބައްލަވާފައެވެ. އެގޮތުން ރީޖަނަލް ހޮސްޕިޓަލާއި ފެރީ ސްޓޮޕުގެ މަސައްކަތުގެ އިތުރުން “ރާއްޖެ ޓްރާންސްޕޯޓް ލިންކް” ގައި މަސައްކަތް ކުރުމަށް ތަމްރީން ވަމުން އަންނަ މުވައްޒަފުންނާ ވެސް ބައްދަލު ކުރައްވައިފައެވެ.

އެމްޓީސީސީން ގިނަ ރަށްތަކެއްގައި އުމްރާނީ ތަރައްގީގެ މަސައްކަތްތައް ކުރަމުން އަންނައިރު އާޒިން އަންނަނީ މި މަސައްކަތްތައް ވަރަށް ކައިރިން ބައްލަވަމުންނެވެ. އެގޮތުން ޕްރޮޖެކްޓުތައް ހިންގާ ރަށްތަކަށް ވަޑައިގެން އެ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައެވެ