ކ. ގުޅިފަޅު ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ މަސައްކަތް ނިމިފައި ވަނީ 13 ސެޕްޓެމްބަރ 2021 ވަނަ ދުވަހުއެވެ.
މި މަޝްރޫޢުގެ ދަށުން 1.8 ހެކްޓަރުގެ ސަރަޙައްދެއްގެ ބިންހިއްކާފައިވާއިރު ގޮނޑުދޮށް ހިމާޔަތް ކުރުމަށްޓަކައި 183 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއެވެ.
މިއީ 8.9 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!