Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ދާންދޫ ބަނދަރު ތަރައްގީ ކުރަން ފަށައިފި
Business

ދާންދޫ ބަނދަރު ތަރައްގީ ކުރަން ފަށައިފި

ގއ. ދާންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަސައްކަތް ފެށީ އަންގާރަ ދުވަހު ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 52,099 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 4,953 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 333 މީޓަރުގެ ބޭރުތޮށި ލުމާއި، 529 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ލ ރިވެޓްމެންޓް ޖެހުމާއި، 30 މީޓަރުގެ ލ ގްރޮއިންސް […]

ސީއެސްއާރުގެ ދަށުން އެމްޓީސީސީން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އަޅަނީ
Business

ސީއެސްއާރުގެ ދަށުން އެމްޓީސީސީން ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އަޅަނީ

ސީއެސްއާރު ނުވަތަ އިޖުތިމާއީ ޒިންމާގެ ދަށުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހއ. ހޯރަފުށީގައި އިންޓަނޭޝަނަލް ޕްރީސްކޫލެއް އެޅުމުގެ މަސައްކަތް ފަށައިފިއެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ސްކޫލުގެ މަސައްކަތް ފަށަން ވަނީ ބިންގާ އަޅާފައެވެ. ނިންގާ އެޅުއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް އާއި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް އާއި ހޯރަފުށީ ކައުންސިލްގެ ނައިބު އަހުމަދު އިމްދާހުއެވެ. އެ މަސައްކަތް ކުރަން އެމްޓީސީސީގައި އެދުނީ ހޯރަފުށީ ކައުންސިލ...

މާފަރު މަގުތަކުން ބިޓުމަން ސާފުކޮށް ނިމެނީ
Business

މާފަރު މަގުތަކުން ބިޓުމަން ސާފުކޮށް ނިމެނީ

ނ. މާފަރު މަގުތަކުން ބިޓުމަން ސާފުކުރުމުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ބުނީ އެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާ ކަމަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެދިވަޑައިގަތުމަކަށް އެމްޓީސީސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ކުރިއަށްދާ މަސައްކަތެކެވެ. ނ. މާފަރު ކައުންސިލުން މި މަސައްކަތަށް ރައީސުލްޖުމްހޫރިއްޔާ އަރިހު އެދިވަޑައިގަތީ އެމަނިކުފާނު ޖެނުއަރީ 2022 ގައި ނ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައެވެ.

ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި
Business

ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ޝިޕްމަންޓް ގެންދިޔައީ އިއްޔެއެވެ. މި މަޝްރޫއުގެ ދަށުން، 40 މީޓަރުގެ ގްރޮއިންސް ޖެހުމާއި 200 މީޓަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް 27 މާރޗް 2022 ވަނަ ދުވަހު ވަނީ […]

މަނަދޫ އާ ނެރު ބޭރުތޮށި ލާން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި
Business

މަނަދޫ އާ ނެރު ބޭރުތޮށި ލާން ބޭނުންވާ ގާ އެތެރެ ކުރަން ފަށައިފި

ނ. މަނަދޫ އައު ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި އެ ޝިޕްމަންޓް ގެންދިޔައީ މިދިޔަ ހޮނިހިރު ދުވަހުއެވެ. އަދި މިހާރު ކުރިއަށްދަނީ ޖެޓީގެ ފޫޓިންނާއި ކޮލަމް ކާސްޓިންގް މަސައްކަތްތައް ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 29،038 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 195 މީޓަރުގެ ބޭރުތޮށި ލުމާއި، 188 […]

ދުވާފަރު މަގުތައް ހަދައި ނިމެނީ
Business

ދުވާފަރު މަގުތައް ހަދައި ނިމެނީ

ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި 17،790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް 26 މާރޗް 2022 ވަނަ ދުވަހު ވަނީ ފަށާފައެވެ. މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް […]

ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
Business

ފޯކައިދޫ ބަނދަރުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް

ށ. ފޯކައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާަންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމަންޓާއި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ތިންވަނަ ޝިޕްމަންޓް މިހާރު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. މި މަޝްރޫއުގެ ދަށުން، 45،795 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 464 މީޓަރުގެ އެއްގަމުތޮށި ލުމާއި، 100 މީޓަރުގެ ރިވެޓް...

ރައީސް ފުވައްމުލަކު މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި
Business

ރައީސް ފުވައްމުލަކު މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވައިފި

ފުވައްމުލަށް ސިޓީގެ އެތެރޭގެ މަގުތައް ހެދުމުގެ މަޝްރޫއުގެ މަަސައްކަތް ކުރިއަށްދާގޮތް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބައްލަވާލައްވައިފިއެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ފުވައްމުލަކަށް ކުރައްވާ ދަތުރުފުޅުގައި މިހާރު މަގުތަކުގައި ހަދަމުން އަންނަ ފެންހިންދާ ނިޒާމްގެ މަސައްކަތް ކުރިއަށްދާގޮތް ވަނީ ބައްލަވާލައްވާފައެވެ. އެ މަނިކުފާނުގެ އަރިހުގައި ނައިބްރައީސް ފައިސަލް ނަސީމް އާއި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެސީއީއޯ އާދަމް އާޒިމް އަދި ޕްލޭނިނ...

ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި
Business

ލ. ގަމުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ލ. ގަމުގެ ގޮނޑުދޮށް ހިމާތްކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ޕާމަނަންޓް ސެކެރެޓަރީ ޒީނިޔާ އަހުމަދެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީއެވެ. ގަމުގެ ދަށުން ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން 30 މީޓަރުގެ ރިވެޓްމަންޓް ޖަހައި 260 މީޓަރުގެ ގްރޮއިންސް ޖެހުމުގެ...

މީދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި
Business

މީދޫ ބަނދަރު ހަދަން ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ގެންގޮސްފި

ދ. މީދޫ ބަނދަރު ތަރައްގީ ކުރުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ. އެ މަޝްރޫއުގެ މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ކޮންކްރީޓް ގައު އެތުރުމުގެ މަސައްކަތް މިހާރު ފެށިގެންދަނީ ކުރިއަށްދާ ކަމަށެވެ. އެގޮތުން ފުރަތަމަ ޝިޕްމަންޓް މިއަދު ގެންގޮސްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ބަނދަރު ފުންކުރުމާއި، 373 މީޓަރުގެ ބޭރުތޮށި ލުމާއި، 35 މީޓަރުގެ ރިވެޓްމެންޓް […]

ގިރިފުށި ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ގިރިފުށި ބަނދަރުގެ 50 އިންސައްތަ މަސައްކަތް ނިމިއްޖެ

ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 50 އިންސައްތަ މަސައްކަތް ނިންމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެެންޑް ކޮންޓްރެކްޓިން ކޮމްޕެެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެކުނއފުނިމް ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 62 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 268 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 46 މީޓަރުގެ ސަރަހައްދެއްގައި ނެރު ބޭރުތޮށި ލުމުގެ މަސައްކަތް ކުރާނެއެވެ. މޯލްޑިވްސް […]

އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ނިމެނީ
Business

އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ނިމެނީ

ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ. އެ ޕްރޮޖެކްޓް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ރިވެޓްމެންޓް […]

ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ
Thiladhunmathi News

ޅައިމަގު ބަނދަރު ނެރު ފުން ކުރުމުގެ ބޮޑުބައެއް ނިމިއްްޖެ

ށ. ޅައިމަގު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، މިހާރު ހުރި ބަނދަރުގެ ނެރު ފުންކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ މި މަޝްރޫއުގެ 61 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ގާ އެތުރުމުގެ މަސައްކަތާއި އެއްގަމުތޮށީގެ ކޮންކްރީޓް މަސައްކަތްތައް ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، […]

ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖް ހަދައި ނިމިއްޖެ
Business

ގުރައިދޫ ބަނދަރުގެ ވޯކްވޭ ބްރިޖް ހަދައި ނިމިއްޖެ

ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ވޯކްވޭ ބްރިޖް ހެދުމުގެ މަސައްކަތް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދަނީ ބޭރު ތޮށި ލުމުގެ މަސައްކަތެވެ. އެ މަސައްކަތުގެ 88 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 24،485 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 325 މީޓަރުގެ ބޭރުތޮށި […]

ހަންޏާމީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Business

ހަންޏާމީދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

އދ. ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ބޮޑުބައެއްް ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ 72 އިންސައްތަ މަސައްކަތުގެ މިހާރު ނިމިފައިވާ ކަމަށެވެ. އަދި އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފަސްވަނަ ޝިޕްމަންޓް 13 މާރޗް 2022 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށްވެސް ބުންޏެވެ. މި މަޝްރޫއުގެ ދަށުން، 6,363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، […]