ރ. ދުވާފަރު މަގު ހެދުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތް ވެއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި އެ މަޝްރޫއުގެ މަސައްކަތުގެ 82 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. އަދި 17،790 އަކަ މީޓަރުގެ ސަރަޙައްދެއްގައި ތާރު އެޅުމުގެ މަސައްކަތް 26 މާރޗް 2022 ވަނަ ދުވަހު ވަނީ ފަށާފައެވެ.
މި މަޝްރޫއުގެ ދަށުން، 17،790 އަކަ މީޓަރުގެ 9 މަގެއް ހަދައި، 6923 އަކަ މީޓަރުގެ ހިނގާ ސަރަހައްދަކާއި، 17،790 އަކަ މީޓަރުގެ ދުއްވާ ސަރަހައްދެއް ޤާއިމުކުރާނެއެވެ. އަދި، ފެންހިންދާ ނިޒާމެއް ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް މި މަޝްރޫއުގެ ތެރޭގައި ހިމެނެއެވެ.
މިއީ 37.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!