ދަރަނބޫދޫ ބަނދަރުގެ މަސައްކަތް ނިންމާލައިފި
ފ. ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ. މިިއީ ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ފަރާތުން ޑިސެމްބަރު 2019ގައި މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކުރި މަޝްރޫއެކެވެ. އެ މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރީ 40.4 މިލިއަން ރުފިޔާއަށެވެ. އެ މަޝްރޫއުގެ ދަށުން، ބަނދަރު ފުންކޮށް، ބޭރުތޮއްޓަކާއި އެއްގަމުތޮއްޓެއް ލައި، 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި، ގްރޮއިން ވަނީ ޖަހައިފައެވެ. އަދި 2641 އަކަ މީޓަރުގެ ސަރަހައްދެ...