ރ. އަނގޮޅިތީމް ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ނިމެން ކައިރިވެއްޖެއެވެ.

އެ ޕްރޮޖެކްޓް ކުރިއަށްގެންދާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ އެ މަޝްރޫއުގެ 92 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށި ލުމުގެ މަސައްކަތް ވެސް މިހާރު ނިމިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Ad
rt

އެ މަޝްރޫއުގެ ދަށުން، 42,615 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 221 މީޓަރުގެ ބޭރުތޮށި ލުމާއި، 166 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 91 މީޓަރުގެ އެއްގަމުތޮށި ލުމާއި، 1100 އަކަ މީޓަރުގެ ޕޭވްމެންޓް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.

މިއީ 40.7 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.