Skip to main content
Topic Archive

#އެމްޓީސީސީ

1,245 Stories filed
ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Thiladhunmathi News

ހޯރަފުށީ އެއާޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ހއ. ހޯރަފުށީ އެއަރޕޯޓް ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ 55 އިންސައްތަ ނިމިފައިވާ ކަމަށެވެ. އަދި ބޭރުތޮށީގެ ޕްރޮފައިލިންގ މަސައްކަތްތަކުގެ 94 އިންސައްތަ އާއި ގްރޮއިން ޖެހުމުގެ މަސައްކަތުގެ 70 އިންސައްތަ ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، އެއަރޕޯރޓްގެ ގޮނޑުދޮށް ހިމާޔަތް ކުރުމާއި ކޯޒްވޭގެ ދެފަރާތުން […...

ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފި
Business

ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފި

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކަނޑައަޅާފައިވާ ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ. ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކުޑަގިރީގައި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް ގާއިމްކުރުމަށް ބޭނުންވާ 3000 މީޓަރުގެ ކޭބަލް ވަޅުލައި ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެ ކުންފުނިން ފެށީ 26 މެއި 2022 ގައެވެ. ސްޓެލްކޯއާ ސަރުކާރުން ހަވާލު ކޮށްފައިވަނީ ކުޑަގިރީގެ މަގުބައްތި ޖެހުމާއި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކ...

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިިއަށް
Business

ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިިއަށް

ޅ. ކުރެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިމް ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައެވެ. މި މަޝްރޫއުގެ ދަށުން، 9100 ކިއުބިކް މީޓަރުގެ ވެލި ގޮނޑުދޮށަށް އެޅުމާއި، 361 މީޓަރުގެ ބޭރުތޮށި ލުމާއި، 822 މީޓަރުގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރާނެއެވެ. މިއީ […]

ރަކީދޫ ގޮނޑުދޮށް ހިމާަޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ
Business

ރަކީދޫ ގޮނޑުދޮށް ހިމާަޔަތް ކުރުމުގެ މަސައްކަތް ނިމިއްޖެ

ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕްނީ (އެމްޓީސީސީ)އާއެވެ. މި މަސައްކަތް ނިމުނީ މިދިޔަ މަގުތެ 25 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުންޏެވެ. މި މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި, 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ފަތާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 560 ކިއުބިކް މީޓަރުގެ ސަރަހައް...

ކުމުންދޫގައި ގާއިމު ކުރާ ފެރީ ހަޓުގެ މަސައްކަތް ފަށައިފި
Business

ކުމުންދޫގައި ގާއިމު ކުރާ ފެރީ ހަޓުގެ މަސައްކަތް ފަށައިފި

ހދ. ކުމުންދޫގައި ގާއިމުކުރާ ފެރީ ސްޓޮޕްގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ފެރީ ހަޓްގެ މަސައްކަތްތައް ފަށައިފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނިގޮތުގައި އެ މަސައްކަތް ފެށީ މިމަހުގެ އެއް ވަނަ ދުވަހުއެވެ. އެ ފެރީ ސްޓޮޕްގައި ކިއޮސްކްއަކާއި ވެއިޓިންގް އޭރިއާއެއްގެ އިތުރުން ފާހަނާއެއްވެސް ހުންނާނެއެވެ. މި ފެރީ ސްޓޮޕަކީ ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ “އިންޓަގްރ...

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން އެމްޓީސީސީއަށް
Thiladhunmathi News

ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހަދަން އެމްޓީސީސީއަށް

ހދ. ކުނބުރުދޫގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަނެއް ހެދުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގް އޮފިސަރު ޝާހިދު ހުސައިން މޫސާއެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު އަންސަރެވެ. ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ ކުނި ޖަމާކޮށް ނައްތާލުމުގެ ނިޒާމުގައި ވަރަށް މުހިންމު ދަ...

އެމްޓީސީސީން ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ހާއްސަ ޕްރޮގްރާމެއް
Business

އެމްޓީސީސީން ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ހާއްސަ ޕްރޮގްރާމެއް

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި އުޅޭ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ. ފުލުހުންނާ ގުޅިގެން އިއްޔެއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ސެޝަންތައް ނަގައިދޭނީ ފުލުހުންގެ ޓްރެފިކް ޕޮލިހުގެ ޓްރެއިނަރުންނެވެ. މި ޕްރޮގްރާމުގައި އެމްޓީސީސީގެ 150 މުވައްޒަފުން ބައިވެރިވެއެވެ. އެމްޓީސީސީން ބުނީ، ރާ...

ގިރިފުށީ ބަނދަރު ތަރައްގީކޮށް ނިމިއްޖެ
Business

ގިރިފުށީ ބަނދަރު ތަރައްގީކޮށް ނިމިއްޖެ

ކ. ގިރިފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މި މަސައްލަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއެވެ. މި މަޝްރޫއުގެ ދަށުން އެންވަޔަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައި، 268 މީޓަރުގެ ބޭރުތޮއްޓަކާއި 46 މީޓަރުގެ ނެރު ބޭރު ތޮއްޓެއް ވަނީ ހަދައިފައެވެ. މިއީ 18.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. We have completed K. Girifushi Harbor Development Project. The value of […]

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑު ހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ބ. ކެންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނި ގޮތުގައި މި ޝިޕްމަންޓް އެ ރަށަޡސް ގެންގޮސްފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މިހާރު ކުރިއަށްދަނީ ފަތާ ސަރަހައްދު ފުންކުރުމުގެ މަސައްކަތް ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މި މަޝްރޫއުގެ ދަށުން، ފަތާ ސަރަޙައްދެއް ކޮނުމާއި، 803 މީޓަރު ބޭރުތޮށި ލުމާއި، 80 މީޓަރުގެ ރިވެޓްމެންޓް […]

ބިލެތްފަހީ ބަނދަރުގެ 79 އިންސައްތަ މަސައްކަތް ނިމިއްޖެ
Business

ބިލެތްފަހީ ބަނދަރުގެ 79 އިންސައްތަ މަސައްކަތް ނިމިއްޖެ

ށ. ބިލަތްފަހީ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ 79 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން ބޭރުތޮށީގެ ޕްރޮފައިލިން މަސައްކަތްތައް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން، 50،376 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 181 މީޓަރުގެ އެއްގަމުތޮށި ލުމާއި، 170 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 434 މީޓަރުގެ ބޭރުތޮށި ލުމާއި، 1565 އަކަ މީޓަރުގެ […]

ފަރެސްމާތޮޑާ އެއާޕޯޓުގެ ކޯޒްވޭ އެޅުމުގެ މަސައްކަތް ފަށައިފި
Business

ފަރެސްމާތޮޑާ އެއާޕޯޓުގެ ކޯޒްވޭ އެޅުމުގެ މަސައްކަތް ފަށައިފި

ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި އެރަށާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ. މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. ފަރެސްމާތިޑާ އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ. ކޯޒްޗޭ އަޅަން  19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމ...

ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި
Business

ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް ގެންގޮސްފި

ގއ. ދާންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް އެ ރަށަށް ގެންގޮސްފިއެވެ. އެ މަސައްކަތް ހަވާލު ކޮށްފަްިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުނިން ބުނި ގޮތުގައި ދާންދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތުގެ ދަށުން ބަންޑް ވޯލް އެޅުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލު ކޮށްފައިވަނީ 2019 އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. […]

ހިންމަފުށީގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ
Business

ހިންމަފުށީގެ ބަނދަރުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ

ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 59 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް ފުރހިމަކޮށް، ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 އިންސައްތަ ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ […]

އެމްޓީސީސީން ލޭބަރުން ހޯދަން މާދަމާ ވޯކް އިން އިންޓަވިއުތަކެއް
Business

އެމްޓީސީސީން ލޭބަރުން ހޯދަން މާދަމާ ވޯކް އިން އިންޓަވިއުތަކެއް

އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތްކުރުމަށް ދިވެހި ލޭބަރުން ހޯދުމަށް ކުރާ މަސައްކަތުގެ ދަށުން މާދަމާ ވޯކް-އިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ. ވަޒީފާ ނެތިފައި ތިބި ޒުވާނުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ހަރަކާތް އޮންނާނީ މާލޭގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުގައެވެ. މި ހަރަކާތް މާދަމާ ހަވީރު 4:00 ން ރޭގަނޑު 7:00 އަށް ކުރިއަށްދާނެއެވެ. މި ހަރަކާތުގައި އެމްޓީސީސީގެ ސައިޓްތަކުގައި މަސައްކަތް ކުރުމަށް 67 މުވައްޒަފުން ހޮވުމަށްވަނީ ހަމަޖެހިފައެވެ. މި އިންޓަވިއުއިން ހޮވޭ ފަރާތްތަކަށ...

މުރައިދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް
Thiladhunmathi News

މުރައިދޫ ބަނދަރުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް

ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ މަސައްކަތް ހަލުވި ކަމާއެކު ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން، އައު ހާބަރ ބޭސިން ފުންކުރުމުގެ މަސައްކަތުގެ 75 އިންސައްތަ މިހާރު ވަނީ ނިމިފައެވެ. މި މަޝްރޫއުގެ ދަށުން، 212 މީޓަރުގެ އެއްގަމުތޮށި ލުމާއި، 407 މީޓަރުގެ ބޭރުތޮށި ލުމާއި، 107 މީޓަރުގެ ބޭރުތޮށި މަރާމާތު ކުރުމާއި، 105 މީޓަރުގެ ސަރަހައްދެއްގައި […]