ކ. ހިންމަފުށި ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދެވަނަ ފިޔަވަހީގެ ބޮޑު ބައި ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި މަސައްކަތުގެ 59 އިންސައްތަ ވަނީ ފުރިހަމަ ކުރެވިފައެވެ. އަދި ބޭރުތޮށިލުމުގެ މަސައްކަތް ފުރހިމަކޮށް، ބަނދަރުގެ ޕޭވްމެންޓް ހެދުމުގެ 69 އިންސައްތަ ވަނީ ނިންމާފައެވެ.
މި މަޝްރޫއުގެ ދަށުން، އާ ހާބަ ބޭސިންގެ 14،300 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި، 38 މީޓަރުގެ ބޭރުތޮށި ލުމާއި، 248 މީޓަރުގެ ރިވެޓްމެންޓް ޖެހުމާއި، 172 މީޓަރުގެ އެއްގަމުތޮށި ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރާނެއެވެ.
މިއީ 25.88 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!