ވ. ރަކީދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު ނިންމާލައިފިއެވެ.

ޕްލޭނިން މިނިސްޓްރީން މި މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމެޕްނީ (އެމްޓީސީސީ)އާއެވެ. މި މަސައްކަތް ނިމުނީ މިދިޔަ މަގުތެ 25 ވަނަ ދުވަހު ކަމަށް އެމްޓީސީސީން ބުންޏެވެ.

Ad
rt

މި މަޝްރޫއުގެ ދަށުން 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖަހައި, 200 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި ފަތާ ސަރަހައްދެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން 560 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކުރުމާއި 20 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިންސް ޖެހުމާއި 25 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރިއެވެ.

މިއީ 10.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.