މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް ކަނޑައަޅާފައިވާ ކުޑަގިރީގައި ކަރަންޓް ކޭބަލް އެޅުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސްޓެލްކޯއިން ކުރި ޓްވީޓެއްގައި ބުނީ ރައީސް ސޯލިހުގެ ވައުދުފުޅާ އެއްގޮތަށް ކުޑަގިރީގައި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް ގާއިމްކުރުމަށް ބޭނުންވާ 3000 މީޓަރުގެ ކޭބަލް ވަޅުލައި ނިމިފައިވާ ކަމަށެވެ. މި މަސައްކަތް އެ ކުންފުނިން ފެށީ 26 މެއި 2022 ގައެވެ.

Ad
rt

ސްޓެލްކޯއާ ސަރުކާރުން ހަވާލު ކޮށްފައިވަނީ ކުޑަގިރީގެ މަގުބައްތި ޖެހުމާއި ކަރަންޓް ޑިސްޓްރިބިއުޝަން ނެޓްވޯރކް އެޅުމުގެ މަސައްކަތެވެ.

ކުޑަގިރީގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ރަށުގައި ފެނަކައިން ވަނީ އެ ރަށުގައި މިސްކިތެއް އަޅަން ބިންގާވެސް އަޅައިފައެވެ.

ޕިކްނިކް އައިލެންޑް ހެދުމަށް އެމްޓީސީސީއާއި ޕްލޭނިންގ މިނިސްޓްރީއާއެކު ސޮއިކޮށްފައިވަނީ 2 ސެޕްޓެމްބަރު 2021ގައެވެ. މި މަޝްރޫއު ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ 41.49 މިލިއަން ރުފިޔާއަށެވެ.