މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި އުޅޭ ބަސް ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަށް ހާއްސަކޮށްގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ސިލްސިލާ ޕްރޮގްރާމެއް ފަށައިފިއެވެ.
ފުލުހުންނާ ގުޅިގެން އިއްޔެއިން ފެށިގެން ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮގްރާމުގައި ސެޝަންތައް ނަގައިދޭނީ ފުލުހުންގެ ޓްރެފިކް ޕޮލިހުގެ ޓްރެއިނަރުންނެވެ.
މި ޕްރޮގްރާމުގައި އެމްޓީސީސީގެ 150 މުވައްޒަފުން ބައިވެރިވެއެވެ.
އެމްޓީސީސީން ބުނީ، ރާއްޖޭގެ އެއްގަމު ދަތުރުފަތުރު އެންމެ ފުޅާކޮށް ފޯރުކޮށްދޭ ކުންފުނީގެ ހައިސިއްޔަތުން އެ ކުންފުނީގެ މަގުސަދަކީ އެމްޓީސީސީގެ އާންމު ބަސް ދަތުރުފަތުރުގެ ހިދުމަތުގައި މަސައްކަތްކުރާ ޑްރައިވަރުންނާއި ކޮންޑަކްޓަރުންނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއްދޭ ބައެއްގެ ގޮތުގައި ތަމްރީނުވެގެން ދިއުން ކަމަށެވެ.
Total 113 staff from Land Transport Division are participating in "Land Transport Awareness and Land Regulation Awareness" sessions to be held from 4 June - 8 June 2022. Thank you, @PoliceMv for organizing these informative sessions for our staff.#MTCCTransport #TeamMTCC pic.twitter.com/3IrooEEao0
— MTCC Plc (@MTCCPlc) June 5, 2022
މީގެ އިތުރުން އެއްގަމުދަތުރުފަތުރުގެ ހިދުމަތް ދިނުމުގައި އަބަދުވެސް އެންމެ އިސްކަންދޭނީ ކަސްޓަމަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!