ގދ. ފަރެސްމާތޮޑާ އެއާޕޯޓާއި އެރަށާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މި މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ އެވެ. ފަރެސްމާތިޑާ އެއާޕޯޓުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވަނީ އެ ކުންފުންޏާއެވެ.

Ad
rt

ކޯޒްޗޭ އަޅަން 19،200 އަކަމީޓަރުގެ ސަރަހައްދެއް ހިއްކާއިރު، ހިއްކާ ސަރަހައްދު ހިމާޔަތްކުރުމަށް 120 މީޓަރުގެ ރިވެޓްމަންޓް ޖަހާނެއެވެ. މި ކޯޒަވޭ އަޅާނީ އެއާޕޯޓްގެ މައި މަގުތަކާ ގުޅޭ ގޮތަށް ކޯޒްވޭގެ ދަށުން އޮއެ ދެމޭ ގޮތަށެވެ.

މި މަޝްރޫއުގެ ދަށުން 4456.87 އަކަމީޓަރުގެ މަގު ހަދާނެއެވެ.

މިއީ 44.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ޑިޒައިން އެންޑް ބިލްޑު އުސޫލުން ފަރެސްމާތޮޑާ އެއާޕޯޓްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 10، 2020ގައި 144.8 މިލިއަން ރުފިޔާ އަށެވެ. މި މަޝްރޫއުގެ ދަށުން ފަރެސްމާތޮޑާ އެއާޕޯޓްގައި 1.2 ކިލޯ މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ހަދައި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމުކުރާނެއެވެ.