Skip to main content
Topic Archive

#ޢަލީ ރިޟާ

15 Stories filed
ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ
Thiladhunmathi News

ޕާޓީ ހިންގާލަން ރަނގަޅީ ފަޔާ، އެއީ ގާބިލު މަސައްކަތްތެރި ބޭފުޅެއް: ރިޟާ

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންގޮސް، އެ ޕާޓީ ވަރުގަދަކޮށް ހިންގާލަން، އެ ޕާޓީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް (ފަޔާ) ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އެމްޑީޕީގެ ޗެއާޕާސަންގެ މަޤާމަށް ވާދަކުރާ ދެ ކެންޑިޑޭޓުން ކުރެ ފަޔާއަށް ތާއީދުކުރައްވަން ނިންމެވި ސަބަބު ހާމަކުރައްވަމުން ވީޑިއޯ މެސެޖެއްގައި ރިޟާ ވިދާޅުވީ، ޗެއާޕާސަން ކަމަކީ ދުނިޔ...

އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ
Thiladhunmathi News

އައިހެވަން މަޝްރޫޢުގެ ނަމުގައި ފޮޓޯ ދައްކައިގެން ދެއްކީ ދަޅައެއް: ރިޟާ

އައިހެވަން މަޝްރޫޢުގެ ނަމުގައި ކުރީ ސަރުކާރުން ތްރީޑީ ފޮޓޯ ދައްކައިގެން ބޮޑުތިލަދުންމަތީ ރައްޔިތުންނަށް ދެއްކީ ދަޅައެއްކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. އިހަވަންދިއްޕޮޅުގައި އާގު ބޯޓު ފަހަރަށް ޚިދުމަތް ދެވޭނެ މަގު ތަނަވަސްކޮށް ދިނުން އެދި ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ) ވަނީ 20 އޮކްޓޯބަރު 2021 ގައި މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މަޖިލީހުގެ އިޤްތިޞާދީ ކޮމެޓީން އެ ޤަރާރު ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މިއަދު މަޖިލީހުގެ ޖަލްސާގައި ވަނީ [...

ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިން ނިންމައި، ޓެންޑަރިންއަށް ފޮނުވަނީ
Thiladhunmathi News

ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިން ނިންމައި، ޓެންޑަރިންއަށް ފޮނުވަނީ

ށ. ނަރުދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތްކުރުމަށް ޑިޒައިންގެ މަސައްކަތް ނިންމައި، ޓެންޑަރިންއަށް ފޮނުވަން ތައްޔާރުވެފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު އަސްލަމް މިހެން ވިދާޅުވީ، ނަރުދޫ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތް ކޮންޓެކްޓަރަކާއި ހަވާލުކުރެވޭނެ ތާރީޚެއް ހޯދަން، ރައްޔިތުންގެ މަޖިލިސްގައި ނަރުދޫ ތަމްސީލް ކުރަށްވާ މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނ...

ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!
Parliament

ކުކުޅަކާއި ވެލައެއްގެ މިސާލާއެކު މި ސަރުކާރުގެ ހިތްވަރު ރިޟާގެ ދުލުން!

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައި ދައުލަތުގެ ބަޖެޓުން ފެނިގެން ދަނީ މި ސަރުކާރުގެ ހިތްވަރާއި، ބުންވަރުކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ބަޖެޓް ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ، ބަޖެޓް ފޮތް އެއްކޮޅުން އަނެއްކޮޅަށް ކިޔާލުމުން ބަޖެޓް ފޮތުގެ ބަނޑޭރި ގަނޑުގައި ހުރި ލިޔުމާއި، ތަސްވީރުތަކާއި ބަޖެޓްގައި ހުރި އެއްޗަކާ ގުޅިލާމެހިފައިވާތަން ފެނިގެން ދިޔަ ކަމަށެވެ. ބެޖެޓް ފޮތުގެ ބޭރުގަނޑުގައި އޮތް ބަހުރުވާއި، ކުރެހުންތަކާއި، ތަސްވީރުތައް ބަޖެޓްގައި ލ...

މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި
Thiladhunmathi News

މިލަންދޫގައި ނަރުދަމާއާއި ފެން ނުގުޅި ހުރިހާ ތަނަކަށް ކަނެކްޝަން އެޅުމަށް ހަވާލުކޮށްފި

ށ. މިލަންދޫގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމަށް ކޮންޓުރެކްޓްގައި ސޮއިކޮށްފި އެވެ. މި މަސައްކަތުގެ ދަށުން 330 ގެ އަކަށް ނަރުދަމާ އެޅުމަށާއި 290 ގެއަކަށް ފެން ގުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓް އެކެވެ. އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއީ މިލަންދޫ ގެ […]

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް
Thiladhunmathi News

މިލަންދޫ އިރުމަތީ ފަރާތް އިންތިހާއަށް ގިރަމުންދާތީ އެކަން ހައްލުކުރުމަށް އެމްޓީސީސީއަށް

ށ. މިލަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ. މިއަދު ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ ހަމީދެވެ. މި މަޝްރޫއުގެ ދަށުން، 954 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 115 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ކު...

އިޤުތިޞާދީ ހީނަރުކަމާ އެކީގައި ވެސް ސަރުކާރުގެ ސްޕީޑު ހުރީ %99.99ގައި: ޢަލީ ރިޟާ
Parliament

އިޤުތިޞާދީ ހީނަރުކަމާ އެކީގައި ވެސް ސަރުކާރުގެ ސްޕީޑު ހުރީ %99.99ގައި: ޢަލީ ރިޟާ

ކޯވިޑް ބަލިމަޑުކަމުގެ ސަބަބުން މުޅި ރާއްޖެއަށް މިއިން ޒަމާނަކު ދިމާނުވާވަރުގެ އިޤުތިޞާދީ ބޮޑު ހީނަރުކަމާ އެކީގައި ވެސް ސަރުކާރުގެ ސްޕީޑު މިވަގުތު ހުރީ %99.99ގައި ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށް ދިޔަ ރައްޔިތުންގެ މަޖިލިސްގެ ޖަލްސާގައި ފެލިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަޟުލް ރަޝީދު ހުށަހަޅުއްވާފައިވާ، ވ. ފެލިދޫ ގިރާ ސަރަޙައްދު ޙިމާޔަތްކޮށްދިނުމަށް ގޮވާލައި ހުށަހަޅާ ޤަރާރުގެ އިބްތިދާއީ ބަހުސްގައި ބައިވެރިވެ ވަޑަައިގެން ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވ...

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ
Thiladhunmathi News

ކޮންމެ ރަށެއްގައިވެސް ކުޅިވަރާއި ގުޅޭކަންކަން ހިންގާނެ ވަކި މުއައްސަސާއެއް އުފެދެންޖެހޭ: ޢަލީ

ރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޅިވަރުގެ ކަންކަން ރާވާ ހިންގައި، ކުޅިވަރަށް ޚިދުމަތްކުރާ ވަކި މުއައްސަސާއެއް ހުންނަން ޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދިޔަ މަޖިލިސްގެ ޖަލްސާގައި ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލުގެ އިބްތިދާއީބަހުސްގެ ވަގުތުގައި ވާހަކަ ދައްކަވަމުން ޢަލީ ވިދާޅުވީ ސަރުކާރުތަކުން ބައިވަރު ދަނޑުތަކާއި، އެކިއެކި ތަފާ...

ޢަލީ ރިޟާ ފުލުސް އޮފީހަށް ހާޒިރުކޮށްފި
Parliament

ޢަލީ ރިޟާ ފުލުސް އޮފީހަށް ހާޒިރުކޮށްފި

މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރ ޢަލީ ރިޟާ ފުލުސް އޮފީސްއަށް ހާޒިރުކޮށްފިއެވެ. ރިޒް ކުންފުންޏަށް ކުރާ ހިއުމަން ޓްރެފިކިންގެ ސީރިއަސް މައްސަލަތަކުގެ ތަހުގީގަށް މިރޭ ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އާރްއައިއެކްސް(ރިޒް) ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ތުހުމަތުކުރެވޭ ހިއުމަން ޓްރެފިކިންގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފައި ވަނީ މިރޭގެ ވަގުތެއްގައެވެ. އަދި ބިދޭސީ މަސައްކަތްތެރިންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަން...

އަލީ ރިޟާގެ އެކައުންޓްތައް ފްރީޒްކޮށް މުދާ ނަގައިގެންވިޔަސް މުސާރަ ދިނުމަށް ގޮވާލައިފި
Parliament

އަލީ ރިޟާގެ އެކައުންޓްތައް ފްރީޒްކޮށް މުދާ ނަގައިގެންވިޔަސް މުސާރަ ދިނުމަށް ގޮވާލައިފި

ބ އަތޮޅު ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންތަކަށް މުސާރަ ނުދީގެން މިހާރު އެރަށުގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މި ބިދޭސީން ލައްވާ މަސައްކަތްކުރުވާ ކުންފުނީގެ ވެރިފަރާތް ކަމުގައިވާ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާގެ އެކައުންޓްތައް ފްރީޒް ކޮށް އޭނާގެ މުދާ ނަގައިގެން ވިޔަސް މަސައްކަތްތެރިންގެ މުސާރަ ދިނުމަށް ނަވާނަވައިން ސަރުކާރަށް ގޮވާލައިފިއެވެ. ނަވާނަވައިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ބ. ބޮޑުފިނޮޅުގައި ހަދަމުންދާ ރިޒޯޓުގެ ބިދޭސީ މަސައްކަތްތެރިން 16...

މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ހެދުން ހުއްޓާލަން ޖެހޭ: ޢަލީ ރިޟާ
Parliament

މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ހެދުން ހުއްޓާލަން ޖެހޭ: ޢަލީ ރިޟާ

މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް ދެރަ ގޮތް ހެދުން ހުއްޓާލަންޖެހޭކަމަށް މިލަންދޫ ދާއިރާގެ މެންބަރ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 170 ވަނަ މާއްދާގެ ދަށުން، ނޮޅިވަރަމް ދާއިރާގެ ޢިއްޒަތްތެރި މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޢަލީ ރިޟާ ވިދާޅުވީ ގާނޫނީ ގޮތުން އަޅަން އޮތް ފިޔަވަޅުތައް މުއައްސަސާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ވަކި ފަރާތަކަށް ބުރަނުވެ މޮޅު މީހާއަށް މޮޅު ގޮތް، ދެރަ މީހާއަށް […]

ގާނޫނުން ލާމަރުކަޒު ކުރެވިއްޖެ، އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފަ: ޢަލީ ރިޟާ
Parliament

ގާނޫނުން ލާމަރުކަޒު ކުރެވިއްޖެ، އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފަ: ޢަލީ ރިޟާ

ގާނޫނުން ލާމަރުކަޒު ކުރެވިއްޖެކަމަށާއި އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފައިކަމަށް މިލަންދޫ ދާއިރާގެ މެންބަރ އަލީ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ. މެންބަރ ޢަލީ ރިޟާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް “ނިއު ނޯމަލް” ގެ ތެރެއިން “ކޮވިޑް ފްރީޒޯން” އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތ...

ވިޔަފާރިވެރިންނަށް ވުރެ ރައްޔިތުމީހާގެ މަސްލަހަތު އިސްކުރެވެން ވާނެ: ރިޟާ
Parliament

ވިޔަފާރިވެރިންނަށް ވުރެ ރައްޔިތުމީހާގެ މަސްލަހަތު އިސްކުރެވެން ވާނެ: ރިޟާ

ދިމާވާ ހާލަތްތަކުގައި ވިޔަފާރިވެރިންނަށް ވުރެ އަބަދުވެސް އިސްކުރެވެންވާނީ ރައްޔިތުންގެ މަސްލަހަތު ކަމަށާއި، ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެންދާނީ އެ ގައުމެއްގައި ރައްޔިތުން ތިބެގެންކަމަށް ށ. މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޟާ ވިދާޅުވެއްޖެއެވެ. މިއަދުގެ މަޖިލީހުގައި ވަޒީފާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން ރިޟާ ވިދާޅުވީ މިއަދުގެ މުޖުތަމައުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އިސްކުރަންވީ ކޮންފަރާތެއްގެ ބަހެއްކަން ނޭގި އުޅުން ކަމަށެވެ. އެގޮތުން އެއްކޮޅުގައި ވި...

ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ
Raajje

ނަރުދޫގެ ހުރިހާ ގެއެއްގެ ކަރަންޓު ބިލު ދެއްކެވީ މެމްބަރު ޢަލީ ރިޟާ

މާލެއިން ފިޔަވާ ރާއްޖޭގެ ރަށަކުން އެންމެ ގިނަ ކޯވިޑް19ގެ ކޭސްތައް ފެނުނު ރަށް ކަމަށްވާ ށ. ނަރުދޫގެ ހުރިހާ ގޭބީސީއެއްގެ ކަރަންޓު ބިލު، އެ ރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ށ. މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ ހަރަދުގައި ދައްކަވައިފި އެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ނަރުދޫ ހިމެނޭ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާ ވަނީ ނަރުދޫގެ 87 ގޭބިސީއެއްގެ މޭ މަހުގެ ކަރަންޓް ބިލް ދައްކަވައިފަ އެވެ. އެރަށޫން ވާހަކަ ދެއްކި މީހަކު […]

Thiladhunmathi News

މިލަންދޫގައި ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފި

ށ. މިލަންދޫ ރައްޔިތުންނަށް އަމާޒުކޮށްގެން، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު ޢަލީ ރިޟާގެ އިސްނެންގެވުމުގެ މަތިން މިލަންދޫ ޕޮލިސް ސްޓޭޝަނާއި، ސިއްހީ މަރުކަޒާއި، އަންހެނުންގެ ކޮމިޓީ ގުޅިގެން ކުރިއަށް ގެންދިޔަ ކަސްރަތު ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. މި ހިނގާ ޑިސެމްބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ މިލަންދޫ ދާއިރާގެ ކައުންސިލު މެމްބަރު ސައުދުﷲ އުސްމާނެވެ. ފާއިތުވި ނޮވެމްބަރ...