ގާނޫނުން ލާމަރުކަޒު ކުރެވިއްޖެކަމަށާއި އެކަމަކު ޚިދުމަތްތައް އަދިވެސް ހުރީ މަރުކަޒު ކުރެވިފައިކަމަށް މިލަންދޫ ދާއިރާގެ މެންބަރ އަލީ ޢަލީ ރިޟާ ވިދާޅުވެއްޖެއެވެ.

މެންބަރ ޢަލީ ރިޟާ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްގެ 2020 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 9 ވަނަ ޖަލްސާއަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު ހުށަހަޅުއްވާފައިވާ، ކޮރޯނާ ވައިރަހުގެ ސަބަބުން އިޤްތިޞާދަށް ކުރިމަތިވެފައިވާ ގޮންޖެހުމާ ކުރިމަތިލުމަށް "ނިއު ނޯމަލް" ގެ ތެރެއިން "ކޮވިޑް ފްރީޒޯން" އެއް ކަނޑައަޅައި، އިޤްތިޞާދީ ޙަރަކާތްތައް ހިންގޭނެ ގޮތަކަށް ޤައުމު ހުޅުވާލުމަށް ހުށަހަޅާ ޤަރާރުގެ ބަހުސްގެ ވަގުތުގައި ދެއްކެވި ވާހަކާގައެވެ.

Ad
rt

މިކަމަށް މިސާލު ޖައްސަވަމުން މެންބަރު ޢަލީ ރިޟާ ވިދާޅުވީ ހއ. ހޯރަފުށިން ފުރައިގެން މާލެއަށް ހަނޑޫ ބަސްތާއެއް ގަންނަން އަންނަން 18 ފީފާ ޑީސަލް ޚަރަދުކުރަންޖެހޭކަމަށާއި ޑިސަލް ފީފާއެއް 2000 ރުފިޔާގެ މަގުން ބެލިޔަސް، ކޮޅަކަށް އެ ޚަރަދުވަނީ 40 ވަރަކަށް ހާސް ރުފިޔާ، 38 ހާސް ރުފިޔާކަމަށާއި ދެކޮޅަށް ބަލައިފިއްޔާ އޭގެ މާނައަކީ 70000 ރުފިޔާކަމަށް ވިދާޅުވިއެވެ.

މިކަން ބަދަލުކޮށްލެވެން އޮތްގޮތްކަމަށް މެންބަރު ދެކެވަޑައިގަންނަވާގޮތް ހިއްސާކުރަމުން ގޮވާލެއްވީ މާލެއަށް މަރުކަޒުކުރެވިފައި ހުރި ކާޑު ގުދަންތައް ލާމަރުކަޒުކޮށްލުމަށެވެ.

ހަނޑޫ، ހަކުރު، ފުށް، ގޭސް، ފެން، ތެޔޮ، ބާވަތުގެ ސާމާނު ހަމައެކަނި އެސް.ޓީ.އޯއިން ވިއްކާ މުދާ ހަމައެކަނި ލާމަރުކަޒުކޮށްލިޔަސް އަޅުގަނޑުމެންނަށް އެ ސަލާމަތްކުރެވެނީ އަންދާ ތެލުގެ ވަރަށް ބޮޑު އަދަދެއްގެ ފައިސާ. ތިންވަނަ ކަމެއްގެ ގޮތުގައި އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވޭ،

މެންބަރު ޢަލީ ރިޟާ ވިދާޅުވިއެވެ.

މިހާރު މިފުނަމުންދަނީ2020 ގެ އަހަރުތަކަށްވާއިރު ރާއްޖޭގައި184 ރަށް އޮތްއިރު މިހުރިހާރަށަކުން ފުލުހުންގެ ޚިދުމަތް ލިބެން ނެތުމުން އެކަންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.50 މީހުންގެ އާބާދިޢެއް އޮންނަރަށްރަށުގައި70 މިލިއަން ރުފިޔާ ހަރަދުކޮށްގެން ބަނދަރު ހެދޭއިރު ހުރިހާރަށެއްގައި ފުލުހުންގެ ޚިދުމަތް ލިބެން ނެތުމުން ވަނީ ސުވާލު އުފައްދަވާފައެވެ.

އާބާދީ ކިތަންމެ މަދަސް، ފުލުހުންގެ މުއައްސަސާއެއް، ފުލުހުންގެ ޚިދުމަތް އެތަނުން ލިބޭނެ އިންތިޒާމެއް ހުންނަން އެބަޖެހެއޭ.

މެންބަރު ޢަލީ ރިޟާ ވިދާޅުވިއެވެ.

މީގެ އިތުރުން ޤައުމު އަލުން ރީސެޓްވެގެންދާއިރުގައި ޞިއްޙީ މަރުކަޒުތައް ރަނގަޅަށް ބަލައި ފާސްކުރެވި، ދެވެން ހުރި ޚިދުމަތަކާއި، ނުދެވި ހުރި ޚިދުމަތަކާ ރަނގަޅަށް ދެނެގަނެވެންޖެހޭނެކަން ފާހަގަ ކުރެއްވިއެވެ.