ށ. މިލަންދޫގައި ނަރުދަމާ އަދި ފެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމަށް ކޮންޓުރެކްޓްގައި ސޮއިކޮށްފި އެވެ.
މި މަސައްކަތުގެ ދަށުން 330 ގެ އަކަށް ނަރުދަމާ އެޅުމަށާއި 290 ގެއަކަށް ފެން ގުޅުމަށްވަނީ ހަމަޖެހިފަ އެވެ. މިއީ މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަކްޗާ އިން ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްގެން ހިންގާ ޕްރޮޖެކްޓް އެކެވެ.
އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަލީ ރިޒާ ވިދާޅުވީ އެއީ މިލަންދޫ ގެ ކުރިމަގަށް އިތުރު ވެގެން ދިޔަ މުހިއްމު ޕްރޮޖެކްޓްއެއްކަމަށެވެ. މި ޕްރޮޖެކްޓް އާއި އެކު މިލަންދޫ މަގުތަށް ޒަމާނީ ފެންވަރަށް ގެނައުމަށް ކުރަމުންދާ މަސައްކަތަށް އިތުރު ފަސޭހަ ތަކެއް ލިބިގެން ދާނެކަމަށެވެ.
"މީގެ ކުރިން ގެއަކަށް ނަރުދަމާ ކޮޅެއް އަޅައި ދެނީ ވެސް ގޭ ވެރިފަރާތުން އަގެއް ނަގާފަ. ފެން ވެސް އަޅާ ދެނީ އަގަކަ އެކަމަކު، މި ޕްރޮޖެކްޓް ނިމޭއިރު ނޭޅި ހުރިހާ ގެ އަކާއި ގެވަޅުތައް ހުންނާނީ ނިމިފަ. ރައްޔިތުންނަށް މާލީ ގޮތުން ވެސް ވަރަށް ބޮޑު ލުޔެއް ލިބިގެން ދިޔައީ."
މެމްބަރު އަލީ ރިޒާ ވިދާޅުވި އެވެ.
މީގެ އިތުރުން މިލަންދޫ ކަރަންޓް ނެޓްވޯރކް އެންމެ ޒަމާނީ ފެންވަރަށް ގެނައުމަށް އެޗްވީ އެލްވީ ކޭބަލް ނެޓްވޯކްގެ މަސައްކަތް މިހާރު ނިމެމުންދާކަމަށް ރިޒާ ވިދާޅުވި އެވެ. ޓްރާންސްފޯރްމަރް ރޫމް ތަކާއި ކަނެޓްކޮށް ކަރަންޓް ދެވެން ފެށުމާއި އެކު، ކަރަންޓް އަށް ކުރާ ހަރަދު ވަރަށް ބޮޑަށް ލުއިވެގެންދާނެކަމަށާއި ދައްކަން ޖެހޭ އަދަދު ކުޑަވެގެންދާނެ ކަމަށް ވިދާޅުވި އެވެ.
ށ.މިލަންދޫގައި ނަރުދަމާ އަދި ފެނެނުގެ ހިދުމަތް މިހާރު ނުދެވިހުރި ހުރިހާ ތަނަކަށް ހައުސް ކަނެކްޝަން އެޅުމުގެ މަސައްކަތް ކޮންޓުރެކްޓްގައި ސޮއި ކުުރުމާ މަސައްކަތް ހާވާލް ކުރުން.
ފެން:
290 ގޯތި
2176 މީޓަރ
ނަރުދަމާ:
330 ގޯތ
1976 މީޓަރ pic.twitter.com/P5noROSJe5— SH. Milandhoo Fenaka Branch (@MilandhooFNK) November 10, 2021
އަދި ފެށޭ އަހަރަށް 1 މެގަ ވޮލްޓުގެ އިއާދަ ކުރަނިވި ހަކަތަ އުފެއްދޭ ވަރަށް ސޯލަރް ޕަނެލް މެދުވެރިކޮށް އަވިން ހަކަތަ ނެގުމުގެ ބޮޑު ޕްރޮޖެކްޓް އެއް ހިންގުމަށް މިހާރު 2022 ގެ ބަޖެޓްގައި ހިމެނިފައިވާކަމަށާއި މި ޕްރޮޖެކްޓް ގެ ސަބަބުން ވެސް ގިނަ ގުނަ ފައިދާ ތަކެއް މިލަންދޫ ރައްޔިތުންނަށް ލިބިގެން ދާނެ ކަމަށް ދެކޭކަމަށް އަލީ ރިޒާ ފާހަގަ ކުރެއްވި އެވެ.
330 ގޭއަށް ނަރުދަމާ އެޅުމައި 290 ގެއަށް ސާފު ފެން އެޅުމަށް 15 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އަރާނެ ކަމަށް ލަފާ ކުރެވެއެވެ.
މިލަންދޫ ދާއިރާގެ 3 ރަށުގެ ތަރައްގީއަށް ރައީސް އިބްރާޙިމް މުޙައްމަދު ސާލިޙް އާއި މިނިސްޓަރ އަސްލަމް ދެއްވާ އަހައްމިއްޔަތުކަމަށް ރިޒާވަނީ ޝުކުރު ދަންނަވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!